twitterviber whatsapp telegramfacebookyoutube instagram
17th October 2025

ކުޅުދުއްފުށީގައި ނީލަން ފިހާރައެއް ހުޅުވައިފި

Apr 25, 2011

އިބްރާހިމް ހަމީދު

އެފް އެސް ނަމުގައި ނީލަން ފިހާރެއް މިއަދު ކުޅުދުއްފުށީގައި ހުޅުވައިފިއެވެ.

އެފް އެސް ނީލަން ފިހާރައިގެ ސޭލްސް މެނޭޖަރ މުހައްމަދު ގާސިމް ވިދާޅުވީ އެފް އެސްގެ މައިގަނޑު އަމާޒަކީ، ބޭނުންކޮށްފައި ހުންނަތަކެތި ރައްޔިތުންނަށް އަތްފޯރާފަށެއްގައި ފޯރުކޮށްދިނުން ކަމަށެވެ. އަދި ބޭނުންނުކޮށް އުކާލަން ހުންނަ ތަފާތު ވައްތަރުގެ ގޮނޑި މޭޒު ފަދަ ތަކެއްޗާއި އިލެކްޓުރޯނިކް ސާމާނު ފަދަ ތަކެތި އެފަރާތުން ގަނެ މަރާމާތުކޮށްގެން ރައްޔިތުންނަށް އެތަކެތި އަގުހެޔޮކޮށް ފޯރުކޮށްދޭނެކަމަށް ވިދާޅުވިއެވެ.

ކުޅުދުއްފުށީ މިލްކުރާގޭގައި ހުޅުވި މި ނީލަން ފިހާރައަކީ ކުޅުދުއްފުށީގައި އަލަށް ހުޅުވުނު ނީލަން ފިހާރައެވެ. މިއަދު ނީލަން ފިހާރަ ހުޅުވައިދެއްވީ ހދ އަތޮޅު ކައުންސިލުގެ މެމްބަރު މުހައްމަދު ޝުކޫރެވެ.

އެފް އެސް ނީލަން ފިހާރައިގައި މުދާ ގަތުމާއި ވިއްކުމުގެ އަގުތައް އަބަދުވެސް ގެންގުޅޭނީ ކަސްޓަމަރުން ހިތްހަމަޖެހޭ މިންގަނޑެއްގައި ކަމަށް އެފަރާތުން މަޢުލޫމާތުދެއެވެ.

އެފިހާރަ ހުޅުވިފައި ހުންނާނީ ހެނދުނު 9 ން 12 އަށް އަދި މެންދުރުފަހު 2 ން 5 އަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355