twitterviber whatsapp telegramfacebookyoutube instagram
16th August 2026

ވައިކަރަދޫ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއާ ބައްދަލު ކުރައްވައިފި

Feb 17, 2019

ހދ ވައިކަރަދޫ ކައުންސިލު މެމްބަރުން މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ބައްދަލު ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ވައިކަރަދޫގައި ގާއިމްކޮށްފައިވާ ހދ. އަތޮޅު މަދަރުސާއަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމާއި ނަރުދަމާގެ ނިޒާމު ގާއިމުވެފައި ނެތުމުން ކުރިމަތިވާ ދަތިތަކާއި ރަށުގެ އިންޖީނުގެ ރަށުގެ މެދުގައި ހުރުމުން ދިމާވާ އުނދަގޫތަކާއި ކަރަންޓަށް ދިމާވާ މައްސަލަތަކާއި ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފަ އެވެ.

މީގެ އިތުރުން ކައުންސިލުން ރަށުގެ ތަރައްގީއަށް ރާއްވަވާފައިވާ އަދި މިހާރު ކުރިއަށްދާ މަސައްކަތްތަކާ ބެހޭ ގޮތުންނާއި މިހާރުން މިހާރަށް ރަށަށް ބޭނުންވެފައިހުރި ކަންކަމާއި ބެހޭގޮތުންވެސް ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

މި ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވައިކަރަދޫ ކައުންސިލުން އެދިވަޑައިގެންނެވި ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު އެކަންކަމަށް ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355