twitterviber whatsapp telegramfacebookyoutube instagram
16th August 2026

600 ވުރެ ގިނަ ނަރުހުން ހޯދުމަށް އިއުލާންކޮށްފި

Feb 17, 2019

އަތޮޅުތަކު ތެރޭ ހޮސްޕިޓަލުތަކުގައި މަސައްކަތް ކުރުމަށް 600 ވުރެ ގިނަ ނަރުހުން ހޯދުމަށް ހެލްތް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

މިއަދު އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ޖުމްލަ 633 ނަރުހުން ހޯދުމަށް އިއުލާންކޮށްފައިވާއިރު ނަރުހުންގެ މުސާރައިގެ ގޮތުގައި 9060 ރުފިޔާ އަދި އިތުރު ސާވިސް އެލަވަންސްތައް ވެސް ލިބޭނެ ކަމަށް އިއުލާނުގައި ވެއެވެ.

ހެލްތު މިނިސްޓްރީ އިން ބުނީ އެ މިނިސްޓްރީގެ ދަށުން އަތޮޅުތަކުގައި ހިންގާ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި މަސައްކަތް ކުރާ ބިދޭސީ ނަރުހުންގެ ބަދަލުގައި ދިވެހި ނަރުހުން ހޯދުމަށް ބޭނުންވާ ކަމަށެވެ.

އަތޮޅުތަކު ތެރޭ ސިއްހީ ހިދުމަތް ތަރައްގީ ކުރުމަކީ މި ސަރުކާރުގެ އަމާޒަކަށް ވާއިރު ދާދި ފަހުން އެ މިނިސްޓްރީން ވަނީ ސްޕެޝަލިސްޓުން ހޯދުމަށްވެސް އިއުލާންކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355