ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އޮތް ހާލު ބޮޑު ބަލިމީހެއް މިއަދު ސިފައިގެން އެހީގައި ހެލިކޮޕްޓަރުގައި ދާދި ދެންމެ މާލެ ފޮނުވާލައިފ އެވެ.
މިއަދު ސިފައިންގެ ހެލިކޮޕްޓަރު ކުޅުދުއްފުއްޓަށް އައިސްފައިވަނީ 10:30 އެހާއިރު އެެވެ. ހެލިކޮޕްޓަރު ޖައްސާފައިވަނީ ކުޅުދުއްފުށީ އެއާޕޯޓް ސަރަހައްދަށެވެ.
ކޭއާރުއެޗްގެ މީޑިއާ އޮފިސަލް ކޭއޯ އަށް މައުލޫމާތު ދެމުން ވިދާޅުވީ ބަލިމީހާގެ ހާލު ސީރިއަސް ކަމަށާއި ދެ ފަހަރެއްގެ މަތިން ކާރޑިއެކް އެރެސްޓްވެސް ޖެހިފައިވާ ކަމަށެވެ.
މިއީ ފަހުގެ ތާރީހެއްގައި ހެލިކޮޕްޓަރެއްގައި ކުޅުދުއްފުށިން ހާލުބޮޑު ބަލި މީހާކު މާލެ ގެންދިޔަ ފުރަތަމަ ފަހަރެވެ.
މިއަދު ހާލު ސީރިއަސް ވެގެން މާލެ ފޮނުވާލާފައި މިވަނީ ށ ބިލެއްފަހި އުމުުރުން 47 އަހަރުގެ އަންހެނެކެވެ. މިމީހާ ކުޅުދުއްފުއްޓަށް ގެނެސްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ.