twitterviber whatsapp telegramfacebookyoutube instagram
31st July 2025

މަސްޖިދުލް ފިރުދައުސް އިމާރާތްކުރާތާ 9 އަހަރު، ރޯދައަށް ނިންމަނީ

Feb 18, 2019

މަސްޖިދުލް ފިރުދައުސްގެ މަސައްކަތް އަންނަ މެއިމަހަށް ނިންމާލެވޭނެކަމަށް އެ މިސްކިތް އިމާރާތްކުރާ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ޒުހެއިރު ހާމަކުރައްވައިފި އެވެ.

އިމާރާތްކުރާތާ 09 އަހަރުވެފައިވާ މި މިސްކިތް މިއަހަރުގެ މެއިމަހަށް ނިންމާ ކައުންސިލާ ހަވާލުކުރާނެކަން މުހައްމަދު ޒުހެއިރު ހާމަކޮށްފައިވަނީ ކުޅުދުއްފުށީ ކައުންސިލް ފޮނުވި ސިޓީއެއްގަ އެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ މިސްކިތް މެއިމަހަށް ނިންމާނެކަން އެންގުމުން، ކައުންސިލުން މިހާރުވާނީ އިސްލާމިކް މިނިސްޓްރީއަށް އެކަން އަންގާފަ ކަމަށެވެ. މިސްކިތުގައި ވީހާވެސް އަވަހަކަށް ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖައްސައިދޭން މިނިސްޓްރީގައި ދަންނަވާފައިވާނެކަމަށް ލަތީފް ވިދާޅުވި އެވެ.

މި މިސްކިތް ހަދަން މުހައްމަދު ޒުހެއިރަށް ބިން ދޫކޮށްފައިވަނީ 2010 ވަނަ އަހަރުގެ ފެބުރުއަރީމަހުގެ 11 ވަނަ ދުވަހު އެވެ. ދެ އަހަރުގެ ތެރޭގައި އިމާރާތްކޮށް ނިންމުމަށް ހަވާލުކުރިނަމަވެސް މިސްކިތް ނުނިމުމުން އަލުން މުއްދަތު އިތުރުކޮށްދީފައިވެ އެވެ. ނަމަވެސް މުއްދަތު އިތުރުކޮށްދިނީ ކިހާ ދުވަހަކަށް ކަން ވަނީ ޔަގީން ނުކުރެވި އެވެ.

މި މިސްކިތް ނުހެދި ލަސްވުމުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުންވެސް މުހައްމަދު ޒުހެއިރަށް ވަނީ އަމާޒުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355