twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކަލްޗަރަލް ޓޫރިޒަމް އިސްތިހާރު ކުރަން މިނިސްޓަރަކާއެކު ލަތީފް އިންޑިއާއަށް

Feb 18, 2019

ކަލްޗަރަލް ޓޫރިޒަމް އިސްތިހާރުކުރުމަށް އަންނަ ހުކުރު ދުވަހު ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އާއި އެކު ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

ޓައިމްސް އޮފް އިންޑިޔާގެ ދައުވަތަށް މިނިސްޓަރު އަލީ ވަހީދު ކުރައްވާ ދެ ދުވަހުގެ މިދަތުރުފުޅުގައި މިނިސްޓަރުގެ އަރިހުގައި ކުޅުދުއްފުށީ ކައުންސިލްގެ ރައީސްގެ އިތުރުން މާލޭ ސިޓީ މެޔަރާއި އައްޑޫ ސިޓީ އަދި މުވައްމުލަކު ސިޓީގެ މޭޔަރުން ވަޑައިގަންނަވާނެ އެވެ.

މިނިސްޓަރު އަލީ ވަހީދު ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅުގައިވެސް ވިދާޅުވެފައިވަނީ އިންޑިޔާއަށް ކުރައްވާ ދަތުރުފުޅުގައި ރާއްޖޭގެ ތިން ސިޓީގެ މޭޔަރުންގެ އިތުރުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ބައިވެރިކުރުވާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ކުޅުދުއްފުއްޓަކީވެސް އާބާދީގޮތުން ސިޓީއެއް ދަރަޖަ ލިބިފައިވާ ރަށެއްކަމަށެވެ. އެހެންވުމުން އެ ދަތުރުގައި ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ބައިވެރިކުރުވަން ނިންމާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވެފައިވަނީ ކައުންސިލަރުން މިދަތުރުގައި ބައިވެރިކުރުމުގެ މަގުސަދަކީ ރައްޔިތުން އެދާއިރާތަކަށް ހޮވާފައިވާ ކައުންސިލަރުންގެ އެހީގައި އެދާއިރާތައް ކުރިއެރުވުން ކަމަށާއި އެއީ ހަގީގީ ލާމަރުކަޒީ ނިޒާމް ކަމަށެވެ. މިނިސްޓަރު ވިދާޅުވި އެވެ. މި ދަތުރުގައި އިންޑިޔާގެ ބޮޑެތި ވިޔަފާރިވެރިންނާ ވެސް ބައްދަލު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އިންޑިޔާ އަކީ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގައި ވަރަށް ބޮޑު ސްކޯޕެއް އޮތް ގައުމެއް ކަމަށާއި އެހެން ކަމުން އެގައުމުގެ ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް، އެގައުމުގައި ރާއްޖޭގެ ޓޫރިޒަމް ފުޅާ ކުރުމަކީ އެންމެ ބޮޑު އަމާޒު ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައިވަނީ ކުޅުދުއްފުށީގައި ގެސްޓްހައުސް ވިޔަފާރި ތަރައްގީކުރަން ބޭނުންވާ ކަމަށެވެ. އަދި ކައުންސިލްގެ ގެސްޓްހައުސް ވިޔަފާރި ފަށަން ބޭނުންވާކަން ހާމަކޮށްފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355