twitterviber whatsapp telegramfacebookyoutube instagram
28th March 2024

ގެވަޅު ބައްދަލުވުން: ބޭނުންވަނީ ގެވަޅުދީ ބިންކޮޅު ހުސްކޮށްލަން !

Feb 19, 2019

ކުޅުދުއްފުށިން ގެވަޅު ދޫކުރުމަށް ބާރުއެޅުމުގެ ގޮތުން ރޭ ވެސް ވަނީ ކައުންސިލަރުންނާ ރައްޔިތުންގެ ތެރެއިން ބައްދަލުކޮށް، ޝަކުވާކޮށްފަ އެވެ. 35 މީހުން ބައިވެރިވި އެ ބައްދަލުވުމުން ގާތްގަނޑަށް ދޮޅުގަޑިއިރަށްވުރެ ގިނައިރަށް ދިގުދެމިގެންދިޔަ އެވެ.

ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި ދެއްކީ ގެވަޅު ދޫކުރުމަށެވެ. ރަށުތެރޭގައި އެކި ސަރަހައްދުތަކުގައި ހުރި ހުސް ބިންތަކުންނާއި ވެލިގަނޑު އަދި ފުއްޓަރު ފަރާތުން ގެވަޅު ދޫކުރުމަށް ޑިމާންޑްކޮށް އެ މީހުން ވާހަކަދެއްކި އެވެ.

އަދި ވެލިގަނޑު މިލްކްވެރިކަން އޮންނަ ކުޅުދުއްފުށީ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (ކޭޑީސީ) އުވާލައި އެ ބިން ކައުންސިލްގެ ދަށަށް ގެންގޮސް އެތަނުން ގެވަޅު ދޫކުރުމަށްވެސް ބައެއް މީހުން އެދުނެވެ. އަދި ފުއްޓަރު ފަރާތުން ގޯތިދޫކުރެވެން އޮތް އެންމެ ބޮޑަކަށް ގޯތިދޫކުރުމަށާއި ގޯތި ދޫކޮށް ބިންކޮޅު ހުސްވުމުން އިތުރަށް ހިއްކެން އޮތް ތަނެއް އޮތްނަމަ އެތަނެއް ހިއްކައިގެ ފުލެޓްދިނުމަށްވެސް ބައެއް މީހުން އެދުނެވެ.

އެތަނުގެ ވާހަކަ ދެއްކި އެހެން މީހަކު ބުނީ ބޭނުންވަނީ ބޯހިޔާވަހިކަމެއް ނޫން ކަމަށާއި ގެވަޅު ކަމަށެވެ. ފުލެޓް ހަދަން ދެކޮޅުކަން ހާމަކުރަމުން އެމީހާ ބުނީ އުމުރު ދުވަހު ކުލި ދައްކައިގެން އުޅުމަކީ ބޯހިޔާވަހިކަމެއް ނޫން ކަމަށާއި މިހާރުވެސް ރަށުގެ އެހެން އުޅެވިދާނެ ކަމަށެވެ. އަދި ފުލެޓަށް ކުލި ދައްކައިގެން އުޅޭހާ ތަނަވަސް ނޫންކަމަށްވެސް އެތަނުގައި ތިބި ބައެއް މީހުން ބުންޏެވެ.

ބައްދަލުވުމުގައި ދެއްކި ވާހަކަތަކަށް ބަލާއިރު ބިންކޮޅެއް އޮތް ކޮންމެ ތަނަކުން ގެވަޅު ދޫކުރުމަށް އެމީހުން އަޑުއުފުލި އެވެ. އެއީ މިސްކިތެއް ހަދަން ނިންމާފަ އޮތް ބިމެއްކަމަވިޔަސް އެތަނުގައި މިސްކިތް އަޅާފަ ބާކީ ބިންކޮޅެއް އޮތްނަމަ އެތަނަކުންވެސް ގެވަޅު ދޫކުރުމަށް މީހަކު ހިޔާލުދިނެވެ. ސަރުކާރުގެ ވުޒާރާތަކަށް ބިން ދޫކޮށްފައިވާތީވެސް ބައެއް ރައްޔިތުން ހިތްހަމަނުޖެހުންފާޅުކޮށްފައިވާއިރު އެފަދަ ބިންތައް ސަރުކާރުގެ މުވައްސަސާތަކަށް ދޫކުރުމުގެ ބަދަލުގައި އެތަންތަނުން ގެވަޅު ދޫކުރުމުން ރައްޔިތުންނަށް މާ މުހިންމުކަމަށްވެސް އަޑުއުފުލި އެވެ.

ގެވަޅު ހޯދުމަށް ޑިމާންޑްކޮށް ކައުންސިލަށް ދިޔަ ބައެއް ރައްޔިތުން–

 

ބައެއް މީހުން އަޑުގަދަކޮށް އެތަނުގައި ހުރި މޭޒުގައި ބާރަށް އަތުން ތަޅައި ކައުންސިލަރުންނަށް މަލާމާތް ރައްދުވާގޮތަށް އަޑުގަދަކޮށް ހީ ހަދާފައިވެ އެވެ. އެ ބައްދަލުވުމުގައި ކައުންސިލަރު ފަވާޒް ފިޔަވާ އެހެން ހުރިހާ ކައުންސިލަރުން ބައިވެރިވިއިރު ބައެއް ސުވާލުތަކަށް ކައުންސިލަރުން ޖަވާބުދެއްވާނެ ފުރުސަތު ނުދީ ބައެއް މީހުން ތަކުރާރު ސުވާލުކޮށް، އަޑުގަދަކޮސް ހީ ހަދާފައިވާކަން ފާހަގަކުރެވެ އެވެ.

ބައްދަލުވުމުގައި ބައިވެރި މީހުން ބުނެފައިވަނީ ސަރުކާރުގެ ސަމާލުކަމަށް ގެވަޅު މައްސަލަ ގެނެސްދީ އެކަމަށް ހައްލު ހޯދައިދިނުމަށް ކައުންސިލުން މަސައްކަތްކޮށްދިނުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355