twitterviber whatsapp telegramfacebookyoutube instagram
16th August 2026

ގޯތިދޫކުރުމުގެ ބާރު ކައުންސިލަކަށް ނުދޭ: ލަތީފް

Feb 19, 2019

ރަށްރަށުން ގޯތި ދޫކުރުމުގެ ބާރު ކައުންސިލްތަކަށް ދީފައިވާކަމަށް ދެކެވޭ ވާހަކަ ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ދޮގުކުރައްވައިފި އެވެ.

ގެވަޅު ހޯދުމަށް ބާރުއެޅުމަށް ކައުންސިލަށް ރޭ ދިޔަ ރައްޔިތުންތަކަކާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ލަތީފް ވިދާޅުވީ، ގެވަޅު ދޫކުރުމުގެ ބާރު ކައުންސިލްތަކަކަށް ނުދޭކަމަށެވެ.

ނުވަ ރަށަކުން ގޯތި ދޫކުރުމަށް ކުރީގެ ސަރުކާރުން ހައުސިން މިނިސްޓްރީން ކުރި އިއުލާންތައް ބާތިލްކޮށް، ގޯތި ދޫކުރުން ކައުންސިލްތަކާ ހަވާލުކޮށްފިކަމަށް ބައެއް މީޑިއާތަކުގައި ޙަބަރުވެސް ޝާއިރުކޮށްފައިވެ އެވެ..

ބައްދަލުވުމުގައި ތިބި ބައެއް ފަރާތްތަކުން ކުރިމަތިކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ލަތީފް ވިދާޅުވީ އެކަމާ ގުޅިގެން ހައުންސިންގ މިނިސްޓަރު އާތިފާ ޝަކޫރާ ފޯނުން ގުޅުއްވައި ވާހަކަދެއްކެވި ކަމަށެވެ. ގެވަޅު ދޫކުރުމުގެ ކަންތައްތައް އޮތީ ކުރިންވެސް ގެވަޅު ދޫކުރަމުންދިޔަ އުސޫލަށްކަމަށް މިނިސްޓަރު ވިދާޅުވިކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން ބިމުގެ ބަޖެޓް ހަދައި މިނިސްޓްރީއަށް ހުށަހެޅުމުން ލޭންޑްސާވޭ އޮތޯރިޓީގެ ހުއްދައަކާއެކު މިނިސްޓްރީއަށް ފެންނަށް ގޮތަކަށް ގެވަޅު ދޫކުރުމުގެ ކަންތައްތައް ކުރިއަށްގެންދާ ގޮތަށެވެ. ކުޅުދުއްފުށީ ކަހަލަ ރަށްރަށުގައި މިނިސްޓްރީން ބަލާނީ ވީހާވެސް ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެގޮތަކަމަށް އޭނާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355