twitterviber whatsapp telegramfacebookyoutube instagram
19th April 2024

ޝަރުތު ހަމަވާ އެތަށް ބަޔަކު ބާކީވާގޮތަށް ގެވަޅު ދޫކުރުމަކީ ޒުވާނުންނަށް ދެވޭ އަނިޔާއެއް: ލަތީފް

Feb 19, 2019

ބޯހިޔާވަހިކަމަށް ޝަރުތު ހަމަވާ އެތަށް ބަޔަކު ބާކީވާގޮތަށް ގެވަޅު ދޫކުރުމަކީ ޒުވާނުންނަށް ދެވޭ އަނިޔާއެއްކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ވިދާޅުވެއްޖެ އެވެ.

ގެވަޅު ހޯދުމަށް ބާރުއެޅުމަށް ކައުންސިލަށް ރޭ ދިޔަ ރައްޔިތުންތަކަކާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ލަތީފް ވިދާޅުވީ ވިދާޅުވީ ބަޔަކަށް ގެވަޅު ދިނަކަސް ބޯހިޔާވަހިކަން ދިންކަމަށް ނުވާނެ ކަމަށެވެ.

“އަޅުގަނޑު ހަމަ އެއްގޮތަކަށްވެސް ބޭނުންމެއް ނުވޭ މިހާރު ކުޅުދުއްފުށިން ގެވަޅު ބޭނުންވެފައި ތިބި ޒުވާނުންގެ ތެރެއިން އެއްވެސް މީހަކު ބާކީވެގެންދާ ގޮތަކަށް އެމަޝްހޫރު ހިނގާކަށް. ހަމައެކަނި އަޅުގަނޑު ކައުންސިލްގެ ރައީސްކަމުގައި ހުރެގެން ގެވަޅު ދޫކުރީމޭ ބުނާގޮތަކަށް އެކަން ކުރާކަށް އަޅުގަނޑު ހަމަ ޔަގީނުންވެސް ބޭނުމެއް ނުވޭ.” ލަތީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަންނަ އޮތް ޖީލުތަކަށް ގެވަޅު ނުދެވިދާނެކަމަށާއި އެހެންނަމަވެސް މިހާރަށް ގެވަޅަށް ޝަރުތު ހަމަވާ އެތަށް ބަޔަކު ބާކީވާގޮތަށް އެކަން ކޮށްފިއްޔާ އެއީ ޒުވާނުންނަށް ދެވޭ އަނިޔާއެއް ކަމަށެވެ. އެކަށީގެންވާ ބިން ނެތްކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ ގެވަޅު ދޫކޮށް ގުރުއަތަށް ގޮސްފިނަމަ އެންމެ މުހިންމު މީހުންނަށް ގެވަޅު ނުލިބިދާނެކަމުގެ ބިރުވެސް އެބައޮތް ކަމަށެވެ.

ކައިވެނިކޮށް ދަރި ލިބި ބޯހިޔާވަހިކަމަށް ބޭނުންވާ އެތަކެއް ސަކޭތަ ޒުވާނުންނެއް ކުޅުދުއްފުށީގައި ދިރިއުޅެމުންދާއިރު އެހުރިހާ ޒުވާނުންގެ ބޯހިޔާވަހިކަން ލިބޭނެގޮތަކަށް ކައުންސިލުން މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވި އެވެ.

ލަތީފް ވިދާޅުވީ މިހާރު ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބޭނެގޮތަަކަށް މަސައްކަތް ކުރަން ބޭނުންވާ ކަމަށެވެ. ކައުންސިލުން ބިމުގެ ބަޖެޓް ހަދައި މިނިސްޓްރީއަށް ވަރަށް އަވަހަށް ހުށަހަޅާނެކަމަށް އޭނާ ވިދާޅުވި އެވެ.

ކުޅުދުއްފުށިން ގޯތިދޫކުރުމަކުން ބޯހިޔާވަހިކަމަށް ހައްލެއް ނުލިބޭނެ: ކައުންސިލް ރައީސް

މިހާރުވެސް ގާތްގަނޑަށް 600 އަށްވުރެ ގިނަ ފަޅު ގެވަޅު އެބަހުރިކަމަށާއި އެތަން ނެނގޭނެ އެއްވެސް ގޮތެއް ގާނޫނަކު ނެތްކަމަށާއި ފަޅު ގޯތިތަކުގެ މައްސަލަތަކަކީ ވަރަށް ގިނަ ރަށްތަކަކަށް ކުރިމަތިވެފައިވާ މައްސަލައެއް ލަތީފް ފާހަގަކުރި އެވެ. ފަޅު ގޯތިތަކުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް މިސަރުކާރުގައިވެސް އެދިފައިވާނެކަމަށް އޭނާ ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި ބޯހިޔާވަހިކަމަށް ބޭނުންވާ ގިނަ ބަޔަކު ދިރިއުޅެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355