twitterviber whatsapp telegramfacebookyoutube instagram
20th April 2024

ސްކޫލުތަކުގެ ބައިން ވަނަ ދެވުނީ ނުބައިކޮށް، އެއްވަނަ ލިބިފައިވަނީ އޭއީސީއަށް !

Feb 20, 2019

ނިމިގެންދިޔަ ރަށު ޤުރުއާން މުބާރާތުގެ ނަތީޖާފާޅުކުރިއިރު ސްކޫލުތަކުގެ ބައިން ވަނަ ދެވުނީ އޮޅިގެން ނުބައިކޮށްކަމަށް ކުޅުދުއްފުށީ ކައުންސިލުން ހާމަކޮށްފި އެވެ.

މިދިޔަ ހޮނިހިރުދުވަހުގެ ރޭ ނަތީޖާފާޅުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވާއިރު ސްކޫލުތަކުގެ ބައިން އެއްވަނަ ސްކޫލުގެ ގޮތުގައި އިއުލާންކޮށްފައިވަނީ އަފީފުއްދީން ސްކޫލެވެ. އަދި ދެވަނައަށް ގޮސްފައިވަނީ ހދ އަތޮޅު ތައުލީމީ މަރުކަޒެވެ. ތިންވަނަ ލިބިފައިވަނީ ޖަލާލުއްދީން ސްކޫލަށެވެ.

ނަމަވެސް މިރޭ ކައުންސިލުން ބުނީ ނަތީޖާ އިއުލާންކުރިއިރު ސްކޫލުތަކުގެ ބައިން ނަތީޖާފާޅުކުރެވިފައިވަނީ އޮޅިގެން ނުބައިކޮށް ކަމަށެވެ. އަދި އެކަން މިރޭ އިސްލާޙުކޮށްފައިވާކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.

ކައުންސިލުން ބުނީ ސްކޫލުތަކުގެ ބައިން 85.78 ޕޮއިންޓް ލިބިގެން އެއްވަނަ ހޯދީ ހދ އަތޮޅު ތައުލީމީ މަރުކަޒެވެ. އަފީފުއްދީން ސްކޫލަށް ލިބިފައިވަނީ 83.21 ޕޮއިންޓާއެކު ދެވަނަ އެވެ. ތިންވަނައަށް ދިޔަ ޖަލާލުއްދީން ސްކޫލަށް ލިބިފައިވަނީ 78.92 ޕޮއިންޓެވެ.

ކައުންސިލުން ބުނީ އެކަމަށްޓަކާ ކައުންސިލުގެ ފަރާތުން މައާފަށް އެދޭ ކަމަށާއި އެކަން މިހާރު އިސްލާޙްކޮށްފައިވާނެ ކަމަށެވެ. މިމުބާރާތުގައި ތިން ސްކޫލާއި ފަސް ޤުރުއާން ކުލާހަކު 102 ދަރިވަރަކު ވަނީ ވާދަކޮށްފަ އެވެ.

ޤުރުއާން ކުލާސްތަކުގެ ބަޔަށް ބަލާއިރު އެއްވަނަ ލިބޭ ވަރަށް އެއްވެސް ކުލާހަކަށް މާރކްސް ލިބިފައިނުވާއިރު ދެވަނަ ހޯދީ އިޙްލާސް ޤުރުއާން ކުލާހެވެ. ތިންވަނަ ލިބިފައިވަނީ ޢުލޫމުލް ޤުރުއާން ކުލާހަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355