twitterviber whatsapp telegramfacebookyoutube instagram
25th April 2024

“މަސްދޯނި އެކައުންޓް” ރައީސުލްޖުމްހޫރިއްޔާ އިފްތިތާހު ކޮށްދެއްވައިފި

Feb 20, 2019

ބޭންކިން ނިޒާމުގެ ތެރެއަށް ވަދެވޭނެ މަގު މަސްވެރީންނަށް ތަނަވަސްކޮށްދިނުމަށްޓަކަ ވެވަޑައިގެންނެވި ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ “މަސްދޯނި އެކައުންޓް” ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް އިފްތިތާހު ކޮށްދެއްވައިފިއެވެ. މި ރަސްމިއްޔާތު އޮތީ އެކަމަށްޓަކައި މިރޭ ގދ ކޫއްޑޫގައި ބޭއްވި ރަސްމިއްޔާތުގައެވެ.

“މަސްދޯނި އެކައުންޓް” އަކީ ބޭންކް އޮފް މޯލްޑިވްސް އާއި މިނިސްޓްރީ އޮފް ފިޝަރީޒް އާ ގުޅިގެން ތައާރަފްކުރި ހިދުމަތެކެވެ. މި ހިދުމަތުގެ ތެރޭގައި ހިމެނޭ “ޑިޖިޓަލް ވޮލެޓް” އާއި “މަސްވެރިޔާ ކާޑު” މެދުވެރިކޮށް ނަގުދު ފައިސާއާ ނުލައި، ރައްކާތެރިކަމާއެކު ވަގުތުން ފައިސާގެ މުއާމަލާތްތައް ކުރުމުގެ ފުރުސަތު އޮޑިވެރިންނާއި މަސްވެރީންނަށް ލިބިގެންދާނެއެވެ.

“މަސްވެރިޔާ ކާޑު”ގެ ހިދުމަތް ފެށުމުން، މަސް ކިރުވުމާއެކު، އޮޑިވެރިޔާގެ ނުވަތަ ކެޔޮޅުގެ އެކައުންޓަށް ވަގުތުން ފައިސާ ޖަމާކޮށްދިނުމުގެ އިތުރުން، ކާޑާ އެކުގައިވާ ޑިޖިޓަލް ވޮލެޓް ބޭނުންކޮށްގެން، ދޯނީގެ އެހެން ފަޅުވެރީންގެ އެކައުންޓްތަކަށްވެސް ވަގުތުން ފައިސާ ޓްރާންސްފަރ ކޮށްދެވޭނެއެވެ.

މިރޭ ތައާރަފު ކުރެވުނު މި މުހިންމު ހިދުމަތުގެ ތެރެއިން، މަސްވެރިކަމުން ލިބޭ އާމްދަނީ ދުވަހުން ދުވަހަށް، މަސްވެރިންގެ އެކައުންޓަށް ޖަމާކުރެވޭ ގޮތް ވުމަކީ، ބޭންކިން ނިޒާމުގެ ތެރެއިން ލިބޭ އެހެން ޚިދުމަތްތަކަށް ވެސް މަގުފަހިވާނެ ކަމެކެވެ. މިގޮތުން، މަސްވެރިޔާގެ އެކައުންޓަށް މަހުންމަހަށް އާމްދަނީ ޖަމާވަމުން ދާނަމަ، ޕެންޝަން ސްކީމް ފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް މަގު ފަހިވެގެންދާނެއެވެ.

އަދި މަސްވެރިޔާ ކާޑު ބޭނުން ކުރިޔަސް، މަސްވެރިޔާގެ އެކައުންޓަށް ޖަމާވާ ފައިސާކޮޅު، ކުރިން ނަގާފައި އޮތް ލޯނަކަށް ބޭންކަކުން ނުކަނޑާނެއެވެ. އަދި “މަސްވެރިޔާ ކާޑު” ބޭނުންކޮށްގެން ރާއްޖޭގައި ކުރާ އެއްވެސް މުއާމަލާތަކަށް، އިތުރު އެއްވެސް ފީއެއް ނުނަގާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355