twitterviber whatsapp telegramfacebookyoutube instagram
20th April 2024

ހަނިމާދޫ ޒުވާނުން ޖަމްއިއްޔާގެ ޤުރްއާން މުބާރާތް އިއުލާނުކޮށް، ބައިވެރިވުމަށް ހުޅުވާލައިފި

Feb 21, 2019

ރަށުފެންވަރުގައި ހަނިމާދޫގައި ބާއްވަމުންއަންނަ ޤުރްއާން މުބާރާތްކަމަށްވާ ހަނިމާދޫ ޒުވާނުންގެ ޖަމްއިއްޔާގެ 15 ވަނަ ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިލައިފިއެވެ.

ބަލައިގެން އަދި ނުބަލައި ކިޔެވުމުގެ ގޮފިން 10 އުމުރުފުރާއަކަށް އަމާޒުކޮށްގެން ކުރިޔަށްގެންދާ މިމުބާރާތުގެ، ނުބަލައި ކިޔެވުމުގެ 5 އަހަރުން ދަށުގެ އުމުރުފުރާ ފިޔަވައި އެހެން އުމުރުފުރާތަކުގެ ކިޔެވުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޤުރްއާން ކިޔެވުމުގެ ޤައުމީ މުޤައްރަރާ އެއްގޮތަށެވެ.

ޖަމްޢިއްޔާއިން މަޢުލޫމާތުދޭގޮތުގައި 4 އަހަރުދަން އަދި 6 އަހަރު ދަށް ހިމަނާފައިއެވަނީ ޕްރީ ސްކޫލު ކުދިންއަށް އަމާޒުކޮށްގެންނެވެ. އަދި އެއުމުރުފުރާގެ ދަރިވަރުންނަށް ނުބަލައި ކިޔުމުގެ ބައިން ބޭނުން ސޫރަތެއް ކިޔެވުމުގެ ފުރުޞަތު އޮންނާނެކަމަށް ހަނިމާދޫ ޒުވާނުންގެ ޖަމްއިއްޔާއިން ބުނެއެވެ.

މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމް ދޫކުރުމާއި ބަލައިގަތުން ކުރިޔަށްދާނީ ސަޢާދާ ޕްރީސުކޫލުން މިމަހުގެ 24 ވާ އާދިއްތަ ދުވަހުގެ ނިޔަލަށެވެ.

މުބާރާތާގުޅޭ އިތުރު މައުލޫމާތު ހޯދުމަށާއި އަދި ހަނިމާދޫ ޒުވާނުންގެ ޖަމްއިއްޔާގެ 15 ވަނަ ޤުރްއާން ކިޔެވުމުގެ މުބާރާތް ސްޕޮންސަރ ކުރުމަށާއި އިނާމް ހުށައެޅުމަށް ބޭނުންވާ ފަރާތްތަކުން 7904390 ނަންބަރ ފޯނާއި ގުޅުންވައިގެން މައުލޫމާތު ހޯދެއްވުމަށް އެފަރާތުން އެދެއެވެ.

ޤުރުއާން މުބާރާތަށްފަހު ޖަމްއިއްޔާއިން ރަށުގައި ވޮލީމުބާރާތެއް ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355