twitterviber whatsapp telegramfacebookyoutube instagram
19th April 2024

ދެކުނު ދާއިރާއަށް އަމިއްލަ ގޮތުން ދެ ޒުވާނަކު ވާދަކުރަން ނިންމައިފި

Feb 21, 2019

އަންނަ މަޖިލިސް އިންތިހާބުގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ ގޮނޑިއަށް އަމިއްލަ ގޮތުން ހުސެން އަލީ/ބަބޫގެ(ކޭޑީ) އާއި މުހައްމަދު އަބުދުއް ރަހީމް /ބެނިޝަން (ކުޑަ ބެނޭ) ވާދަކުރަން ނިންމައިފި އެވެ.

ކުޑަ ބެނޭ އަމިއްލަ ގޮތުން ވާދަކުރާނެކަން ހާމަކޮށްފައި ވަނީ ސޯޝަލް މީޑިއާގައެވެ. މިދިޔަ ވެރިކަމުގައި ކުޑަ ބެނޭ ފެނިގެންގޮސްފައިވަނީ ރައީސް ޔާމީނަށް ތާއިދުކުރާ ފަރާތެއްގެ ގޮތުގައި އެވެ. ޔާމީންގެ ކެމްޕެއިން ކަންތައްތަކުގައި ކުޑަ ބެނޭ އިސްކޮށް ހަރަކާތްތެރިވެފައިވެ އެވެ.

ކޭޑީ މަޖިލީހަށް ވާދަކުރައްވާކަން ހާމަކޮށްވަނީ ނެރެނު ބަޔާނެއްގައިވެ އެވެ. އަދާލަތު ޕާޓީގެ އިސްފަރާތްތަކާއެކު މީގެ ކުރިން ފެނިފައިވާ ހުސެއިން ފާހަގަކުރެވެނީ އިޖުތިމާއީ ހަރަކާތްތަކުގައި ފާހަގަކުރެވޭ ޒުވާނެއްގެ ގޮތުގައި އެވެ. އެގޮތުން އޭނާގެ އިސްނެގުމަށް ކޮންމެ އަހަރަކު އީދު ނަމާދު ސްޓޭޑިއަމްގައި އަންނަނީ ކުރަމުންނެވެ.ކޭޑީވެސް ވާދަކުރަނީ އަމިއްލަ ގޮތުން ނެވެ.

ކުޅުދުއްފުށީ ރައްޔިތުން ބޭނުން ވަނީ ރަށު ދަރިއެއް ރައްޔިތުން މަޖިލީހުގައި ރަށް ތަމްސީލު ކުރުމަށް ކަމަށް ރަށުގެ ގިނަ ރައްޔިތުން މި ފަހަރު ދަނީ އަޑުއުފުލަމުންނެވެ.

މި ދެ ޒުވާނުންގެ އިތުރުން ކުޅުދުއްފުށީ ދެކުނު ދާއިރާއަށް ވާދަކުރައްވާނެކަން ހާމަކޮށްފައިވަނީ އެމްޑީޕީގެ ޓިކެޓް ކާމިޔާބުކުރެއްވި ޖަމްޝީދު މުހައްމަދާއި، ޕީޕީއެމްގެ ފަރާތުން އަބުދުއްރަހުމާން (މައިޓް އަބުދުއްރަހުމާން) އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355