twitterviber whatsapp telegramfacebookyoutube instagram
26th April 2024

ނަޝީދާ ދެކޮޅަށް އަޑުއުފުލުމަށް ބޭއްވި ސައިކަލު ބުރަށް ފިނި ތަރުހީބެއް

Feb 21, 2019

ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު އަލްއުސްތާޒް މުހައްމަދު ނަޝީދާ ދެކޮޅަށް އަޑުއުފުލުމަށް ކުޅުދުއްފުށީގައި ބޭއްވި ވެހިކަލު ބުރަށް ފިނި ތަރުހީބެއް ލިބިއްޖެ އެވެ.

ބަޔަކު އިސްނަގައިގެން މިއަދު ހަވީރު ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ މި ސައިކަލު ބުރުގައި ބައިވެރިވެފައިވަނީ ވަރަށް މަދު އަދަދެއްގެ ބަޔެކެވެ. މިފަހަރު މަޖިލިހުގައި ދެކުނު ދާއިރާގެ ގޮނޑި ދޭނީ ރަށު ދަރިޔަކަށް ކަމަށް އެ މީހުން ގޮވަމުންދިޔަ އެވެ.

މެމްބަރު ނަޝީދާ ދެކޮޅަށް ބޭއްވި ސައިކަލް ބުރުގެ ތެރެއިން–

ގާތްގަނޑަށް ތިރީހަކަށް ސައިކަލުގައި 45 އެއްހާ ރައްޔިތުން ބައިވެރިވި މި ވެހިކަލުގެ މައިގަނޑު މަގުސަދަކީ ނަޝީދަށް ނޫނެކޭ ބުނެ ދެކުނު ދާއިރާގެ ގޮނޑިއަށް ރަށު ދަރިޔަކު ހޮވުމަށް ބާރުއެޅުންކަމަށް ސައިކަލް ބުރުގައި ބައިވެރިވި ބައެއް މީހުން ބުންޏެވެ. ސައިކަލު ބުރުގައި ބައެއް ފަރާތްތަކުން ގެންގުޅުނު ޕޯސްޓަރުތަކުގައި ނަޝީދުގެ އިސްތިއުފާއަށްވެސް ގޮވާލައި ހުއްޓެވެ.

ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ނަޝީދު

ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރެއްގެ ގޮތުގައި ނަޝީދު ވަނީ ދެ ދައުރު ހޭދަކުރައްވާފަ އެވެ. އަދި ކުރިއަށް އޮތް ދައުރުގައިވެސް ވާދަކުރައްވާނެކަމަށް ވިދާޅުވެފަ އެވެ. މި ސައިކަލް ބުރުން ގިނައިން ފެނިގެންގޮސްފައިވަނީ އެމްޑީޕީގެ އެކްޓިވިސްޓުންގެ ގޮތުގައި ފެންނަ މޫނުތަކެވެ.

މެމްބަރު ނަޝީދާ ދެކޮޅަށް ބޭއްވި ސައިކަލް ބުރުގައި މީހަކު ހިފައިގެން ހުރި ޕޯސްޓަރު ދައްކާލަނީ–

ނަޝީދުގެ އިތުރުން، އިތުރު 5 ބޭފުޅަކު ދެކުނު ދާއިރާއަށް ވާދަކުރައްވާނެކަން މިހާތަނަށް ވަނީ އިއުލާންކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355