twitterviber whatsapp telegramfacebookyoutube instagram
12th December 2025

އަފީފުއްދީން ސްކޫލުގެ ހަތްވަނަ އަހަރީ ދުވަސް ފާހަގަކޮށްފި

Apr 25, 2011

އިބްރާހިމް ހަމީދު

ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގެ ހަތްވަނަ އަހަރީދުވަސް އެސްކޫލުގައި ފާހަގަކޮށްފިއެވެ.

އެގޮތުން އެސްކޫލުގެ ހަތްވަނަ އަހަރީދުވަސް ފާހަގަ ކުރުމަށް މިއަދު ހެނދުނު ވަނީ ހާއްސަ އެސެމްބްލީއެއް ބާއްވާފައެވެ. އަފީފުދީން ސްކޫލުގެ ހަތްވަނަ އަހަރީދުވަހުގެ ހަރަކާތް ތައް ޝަރަފުވެރިކޮށްދެއްވީ ޖަލާލުއްދީން ސްކޫލުގެ ޕްރިންސިޕަލް ސައީދު އަހްމަދެވެ.

އެސްކޫލުގެ ހަތްވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ތަފާތު ހަރަކާތް ތަކެއް މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އެސްކޫލުގެ ވެބްސައިޓް މިއަދު ވަނީ ލޯންޗްކޮށްފައެވެ. ވެބްސައިޓް ލޯންޗުކޮށްދެއްވީ ހދ އަތޮޅު ތައުލީމީ މަރުކަޒު ޕްރިންސިޕަލް އިބްރާހިމް މުހައްމަދެވެ. އެސެމްބްލީގައި މުނިފޫހިފިލުވުމުގެ ގޮތުން ސްކޫލުގެ ދަރިވަރުންގެ ތަފާތު ކުޅިވަރު އައިޓަމްތައް ކުރިއަށްދިޔަ އެވެ.

އޭގެއިތުރުން އެސްކޫލުގެ ހަތްވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ރޭ ވަނީ އެސްކޫލުގެ ކުދިންނާއި ޓީޗަރުންނާއި އަދި ބެލެނިވެރިން ގުޅިގެން ގުރުއާން ހަތިމް ކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355