ޖަލާލުއްދީން ސްކޫލުގެ އިންޓަރ ހައުސް ޤުރުއާން މުބާރާތް ބެސްޓްބަޑީން ސްޕޮންސަރކޮށްފި އެވެ.
ގިނަ ސްކޫލުތަކަށް ތަފާތުއެކު އެހީތައް ފޯރުކޮށްދެމުންދާ ބެސްޓްބަޑީ ފިހާރައިން ޖަލާލުއްދީން ސްކޫލްގެ އިންޓަރހައުސް ޤުރުއާން މުބާރާތަށް ބޭނުންވާ ޓްރޮފީގެ އިތުރުން ޕޯޓަބަލް ސްޕީކަރެއްވެސް ހަދިޔާކޮށްފަ އެވެ.
މިއަދު މިކަމަށްޓަކާ އެސްކޫލުގެ ބޭއްވި ބައްދަލުވުމުގެ މިތަކެއްޗާ ހަވާލުވެލެއްވީ އެސްކޫލުގެ ޕްރިންސިޕަލް އައިމިނަތު މުހައްމަދެވެ. މި ތަކެތި ހަވާލުކޮށްދެއްވީ ބެސްޓްބަޑީގެ ވެރިޔާ އިބުރާހިމް ރަޝީދެވެ.
ބެޓެރީ ބައިސްކަލާއި ރަށު ޕިކަޕްގެ ވިޔަފާރި ރާއްޖޭގައި އެންމެ ފުޅާދާއިރާގެ ކުރަމުން އަންނަ ބެސްޓްބަޑީ ފިހާރައިން މިދިޔަ އަހަރުވެސް ވަނީ ކުޅުދުއްފުށީގައި ހުންނަ ތިން ސްކޫލްކަމަށްވާ އަމީރު އަމީން ސްކޫލަށާއި ހދ އަތޮޅު ތައުލީމީ މަރުކަޒު އަދި އަފީފުއްދީން ސްކޫލަށްވެސް ތަފާތު އެކި ތަކެތި ހަދިޔާކޮށްފަ އެވެ.
ސްކޫލުތަކުގެ ބައެއް މުބާރާތުގެ ސްޕޮންސަރ ނަގާފަ އެވެ. އަދި މީގެ އިތުރުން ރ އަތޮޅުގެ ބައެއް ސްކޫލުތަކަށްވެސް ބެސްޓްބަޑީން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
ކުޅުދުއްފުށީގައި ހުރި ވިޔަފާރިތަކަށް ބަލާއިރު ބެސްޓްބަޑީ ފާހަގަކުރެވިފައިވަނީ ސްކޫލުތަކަށް ވަރަށް ގިނަ އެހީތެރިކަން ފޯރުކޮށްދޭ ވިޔަފާރިއެއްގެ ގޮތުގަ އެވެ.