twitterviber whatsapp telegramfacebookyoutube instagram
26th April 2024

އަތޮޅު ޤުރުއާން މުބާރާތުގައި ކުޅުދުއްފުށި ތަމްސީލްކުރާނެ ދަރިވަރުން ހޮވައިފި

Feb 23, 2019

ހދ އަތޮޅު ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ކުޅުދުއްފުށި ތަމްސީލުކުރާނެ ދަރިވަރުން ހޮވައި، އިއުލާންކޮށްފި އެވެ.

އަތޮޅު މުބާރާތަށް ހޮވާފައިވަނީ ނިމިގެންދިޔަ ރަށު ޤުރުއާން މުބާރާތުގައި އެންމެ ފާހަގަކޮށްލެވުނު 15 ދަރިވަރުންނެވެ. މުބާރާތުގެ ނަތީޖާފާޅުކުރި ރޭ އެ ކުދިންގެ ނަންތައް އިއުލާނުކުރުމުގެ ބަދަލުގައި ކައުންސިލުން އޭރު ބުނެފައިވަނީ ދަރިވަރުންގެ ނަންތައް ކައުންސިލުން ފަހުގެ ތާރީހެއްގައި އާންމުކުރާނެ ކަމަށެވެ.

އަތޮޅު ޤުރުއާން މުބާރާތަށް ހޮވުނު ދަރިވަރުންގެ ނަންތައް ކައުންސިލުން އިއުލާނުކޮށްފައިވަނީ އިއްޔެ އެވެ. އެގޮތުން ބަލައިގެން ކިޔަވާ ގޮފިން 7 ދަރިވަރަކު ވާދަކުރާއި ނުބަލައި ކިޔަވާ ގޮފިން 8 ދަރިވަރަކު ނަގާފައިވެ އެވެ.

ނުބަލައި ކިޔަވާ ގޮފީގައި ވާދަކުރާ އަށް ދަރިވަރުންނަކީ ލޫތު އަބުދުﷲ، ސާލިމް އާދަމް ހުސެއިން، މުހައްމަދު ލަސަން ފަޒީލް، ކައިފް އަބުދުﷲ ހަމީދު، އަހުމަދު އަތޫފު މުހައްމަދު، ސަމާހާ އަބުދުލްސައްތާރު އަދި އަލީ އަމްޖަދާއި އާމިނަތު އިބާ އާދަމެވެ.

ބަލައިގެން ކިޔަވާ ގޮފިން ނަގާފައިވަނީ ޒަހްވާ ރުސްދުމް ދާއޫދު، އާމިނަތު އަރީޝާ އަހުމަދު، އިބުރާހިމް މަލްސޫން މުހައްމަދު، ލަޔާލް އަބުދުﷲ އިބުރާހީމް، އަމަތުﷲ އަލީ،އަދި ހަސަން އައްފާން އަލީ އާއި އާއިޝަތު ޖައުޝަން އިމާދެވެ.

އަތޮޅު ޤުރުއާން މުބާރާތުގައި ކުޅުދުއްފުށީ ތަމްސީލްކުރާނެ ބައެއް ދަރިވަރުން–

 

އަތޮޅު ޤުރުއާން މުބާރާތަށް ކުދިން ހޮވުމަށް ބޭއްވި ރަށު ޤުރުއާން މުބާރާތުގައި ތިން ސްކޫލަކާއި ފަސް ޤުރުއާން ކުލާހަކުން ޖުމްލަ 102 ދަރިވަރަކު ވާދަކޮށްފައިވެ އެވެ.

ހދ އަތޮޅު ޤުރުއާން މުބާރާތް އޮންނަނީ އެޕްރީލްމަހުގެ 11-13 އަށް ނެއްލައިދޫގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355