twitterviber whatsapp telegramfacebookyoutube instagram
31st July 2025

ކޭއޯ ޓްރެވަލްސް އިން ސްރީލަންކަން އާއެކު އިތުރު ތިން އެއާލައިނެއްގެ ޓިކެޓް ވިއްކަން ފަށައިފި

Feb 24, 2019

ކުޅުދުއްފުށީ އޮންލައިންގެ ދަށުން ހިންގަމުން އަންނަ “ކޭއޯ ޓްރެވަލްސް” އިން ހަތަރު އެއާލައިނެއްގެ ޓިކެޓް ވިއްކަން ފަށައިފި އެވެ.

ޤައުމީ އެއާލައިންގެ ޓިކެޓް މިހާރުވެސް ވިއްކަމުންދާ ކޭއޯ ޓްރެވަލްސް އިން ބުނީ މިއަދުން ފެށިގެން އިތުރު ހަތަރު އެއާލައިންގެ ޓިކެޓް އެތަނުން ވިއްކަން ފަށާފައިވާ ކަމަށެވެ.

އަލަށް މިއަދު ޓިކެޓް ވިއްކަން ފެށި އެއާލައިންތަކަކީ ސްރީލަންކަން އެއާލައިން، އެއަރ އިންޑިޔާ، ޗައިނާ އީސްޓާން އަދި ޗައިނާ ސަދަރން އެއާލައިންގެ ޓިކެޓްތަކެވެ. ކޭއޯ ޓްރެވަލްސްއިން ބުނީ އެ އެއާލައިންތަކުން ދަތުރު ކުރާ ކޮންމެ ޤައުމެއްގެ ޓިކެޓްވެސް އެތަނުން ލިބޭނެ ކަމަށެވެ.

ރައްޔިތުންނަށް ލުއި ފަސޭހަ ކުރުމުގެ ގޮތުން މައުލޫމާތު ހޯދައި ފަސޭހައިން ޓިކެޓް ނެގޭނެ އިންތިޒާމު ހަމަޖެހިފައިވާނެކަމަށާއި އެގޮތުން ކޭއޯ ޓްރެވަލްސްގެ ވައިބާ ނަމްބަރު 7998355 އަށް މެސެޖްކުރައްވައިގެން ޓިކެޓް ބައްލަވައިގަންނެވޭނެ އެވެ.

އަދި އިންޓަނެޓް ބޭންކިންގ މެދުވެރިކޮށް ކޮންމެ ތަނެއްގައިވެސް ހުރެގެން ކޭއޯ ޓްރަވެލްސް އިން ޓިކެޓް ނެގޭނެކަމަށް އެފަރާތުން މައުލޫމާތުދެ އެވެ.

މޯލްޑިވިއަންގެ ޓިކެޓްވެސް ވިއްކަމުންދާ ކޭއޯ ޓްރެވަލްސްގެ ނަމްބަރުތަކަކީ 6528355 އަދި 7978355 އެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355