twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދަތުރުކުރަން ސީކުއީން ތައްޔާރުވަނީ

Feb 24, 2019

ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ކުރާ ފެރީގެ ދަތުރުތަކަށް ހާއްސަކޮށް އިތުރު ބޯޓެއް ގެނެސްފި އެވެ. “ސީކުއީން” ނަމަކަށް ކިޔާ މި ބޯޓް ކުޅުދުއްފުއްޓަށް ގެނެސްފައިވަނީ އިއްޔެ ހަވީރު އެވެ.

ސީކުއީން ކޮމްޕެނީގެ ފަރާތުން ކޭއޯއަށް މައުލޫމާތު ދެއްވަމުން އަލީ މުހައްމަދު ވިދާޅުވީ ބޯޓްގެ ދުވެލީގެ ހަލުވިވާނެ ކަމަށާއި ވިޔަފާރިއަކަށްވުރެ ބޮޑަށް ބަލަނީ މިކަމުން ރައްޔިތުންނަށް ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުންކަމަށެވެ.

އޭނާ ވިދާޅުވީ ބޯޓްގެ ސަލާމަތީ ކަންތައްތައް އަދި ހަމަނުޖެހޭކަމަށާއި އެކަން ހަމަޖެހުނުހާ އަވަހަކަށް ދަތުރުތައް ފަށާނެ ކަމަށެވެ. ބޭނުމަކީ ވީހާވެސް އަވަސް އަދި ރަނގަޅު ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ.

ސީކުއީން، ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދަތުރުތައް ފެށުމަށް ދަނީ ތައްޔާރުވަމުން–

 

އިންޖީނުގެ ގަޑިހަމަނުވާތީ އަދި ދަތުރުގައި ހޭދަވާނެ ސީދާ ވަގުތު ބުނަން ދަތިކަމަށާއި ނަމަވެސް މިހާރު ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓްތަކަށް ބަލާއިރު ސީކުއީންގެ ދަތުރު ސްޕީޑް އަވަސްވާނެކަމުގެ ޔަގީންކަން އެފަރާތުން ދެއްވި އެވެ.

1035 ގެ ދެ އިންޖީނު އަޅާފައިވާ މި ބޯޓްގެ ދަތުރުތައް ފުރަތަމަ ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ފެށިނަމަވެސް މުސްތަގުބަލުގައި މިބޯޓްގެ ދަތުރުތައް ބޮޑުތިލަދުންމައްޗަށް ފުޅާވެގެންދާނެ ކަމަށް އަލީ ވިދާޅުވި އެވެ. އެގޮތުން ކުރިއަށް އޮތްތާ މި ތިން އަތޮޅުގެ ރައްޔިތުންނަށް ހިދުމަތް ދިނުމަށް ގަސްތުކުރާކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ހއ، ށ އަތޮޅަށްވެސް ދަތުރުކުރާނެކަމަށެވެ.

ފެރީގެ ނިޒާމުން ރަށްތައް ގުޅުވާލުމަކީ މިސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަން ފާހަގަކުރައްވަމުން އަލީ ވިދާޅުވީ މިއީ އެކަމަށް ޕްރައިވެޓް ސެކްޓަރއިން ވެދޭ އެހީތެރިކަން ކަމަށެވެ.

ސީކުއީން، ކުޅުދުއްފުށީ ބަނދަރުގައި–

ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ފަސެންޖަރުން ގޮވައިގެން ދަތުރުކުރާ ތިން ބޯޓް އޮންނައިރު މި ބޯޓާއެކު ހަތަރަކަށް މި އަދަދު އިތުރުވެގެންދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355