twitterviber whatsapp telegramfacebookyoutube instagram
20th February 2026

ކަސްޓަމްސްއާއި އެމްޕީއެލް ގުޅިގެން ކަސްޓަމްސް ސަރަހައްދު ސާފުކޮށްފި

Feb 24, 2019

މޯލްޑިވްސް ކަސްޓަމްސް ސަރވިސް އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ގުޅިގެން ކަސްޓަމްސް ސަރަހައްދު ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފިއެވެ.

ކަސްޓަމްސް ހެޑް އޮފީސް ކުރިމަތީގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ހަފްލާއެއްގައި މިހަރަކާތް ފައްޓަވައި ދެއްވީ މިހަފްލާގެ ޝަރަފުވެރި މެހެމާނު އެމް.ޕީ.އެލްގެ ޗެއަރމަން މުޙައްމަދު ޒަކީއާއި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނުއުމާނެވެ.

މިހަރާކަތް ފައްޓަވައިދެއްވުމުގެ ގޮތުން އެމް.ޕީ.އެލްގެ ޗެއަރމަން ދެއްކެވި ވާހަކަފުޅުގައި ސަރުކާރުން “ސާފު ރާއްޖެ އަހަރެންގެ ޒިންމާ” މި ސިޔާސަތުގެދަށުން ކުރިއަށް ގެންދާ ހުރިހާ ހަރަކާތެއްގައި ކަސްޓަމްސްއާއި އެމް.ޕީ.އެލް މުވައްޒަފުންގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

ކަސްޓަމްސްއާއި އެމް.ޕީ.އެލްގެ ގިނަ މުވައްޒަފުންތަކެއް ބައިވެރިވި މިހަފްލާގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ދެއްކެވި ވާހަކަފުޅުގައި އެންމެ ދުވަހަކު މިކަހަލަ ހަރަކާތެއް ބޭއްވުމުގެ ބަދަލުގައި ހަގީގީ ކާމިޔާބަކީ ދެމެހެއްޓެނިވި ގޮތެއްގައި މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމެވެ.

މިއީ “ހިދުމަތުގައި ކުރިއަށް” މިޝިއާރުގެ ދަށުން މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ކަސްޓަމްސްއިން ހާސިލްކުރަން ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ “ތިމާވެއްޓާ ރައްޓެހި ކަސްޓަމްސް” ޕްރޮގްރާމްގެ ދަށުން ހިންގުނު ހަރަކާތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355