twitterviber whatsapp telegramfacebookyoutube instagram
7th June 2025
ADVERTISEMENT

ކުޅުދުއްފުށިން 120 ގޯތި ދޫކުރުމަށް ހުއްދަދީފި

Feb 25, 2019

ކުޅުދުއްފުށިން 120 ގޯތި ދޫކުރުމުގެ ހުއްދަ ހައުސިންގ މިނިސްޓްރީ ދީފި އެވެ. ހައުސިންގ މިނިސްޓްރީން މިގޮތަށް ހުއްދަށް ދީފައިމިވަނީ ޒުވާނުންގެ ތެރެއިން ބަޔަކު ގެވަޅު ހޯދުމަށް  ކައުންސިލްގައި އެދެމުންދާ ދަނޑިވަޅެއްގައި އެވެ.

އެގޮތުން މިމަހު ދެ ފަހަރެއްގެ މަތިން ޒުވާނުތަކެއް ވަނީ ކައުންސިލާ ބައްދަލުކޮށް ގެވަޅު ހޯދައިދިނުމަށް މަސައްކަތްކޮށް ދިނުމަށް ކައުންސިލްގައި އެދިފަ އެވެ. ޒުވާނުންގެ ޝަކުވާތަކަށް އިޖާބަ ދިނުމުގެ ގޮތުން ކައުންސިލުން ވަނީ ގެވަޅު ދޫކުރުމުގެ ހުއްދައަކަށް ހައުންސިންގ މިނިސްޓްރީގައި އެދިފަ އެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ނައިބު ރައީސް އަލީ ހާޝިމް މިއަދު ކޭއޯއަށް ވިދާޅުވީ ޒުވާނުން އެދުމުގެ މަތިން ގޯތި ދޫކުރުމުގެ ހުއްދައަކަށް ކައުންސިލުން އެދުމުން އެކަމުގެ ހުއްދަ ހައުސިންގ މިނިސްޓްރީން ދީފައިވާ ކަމަށެވެ.

އެގޮތުން 1400 އަކަފޫޓްގެ 120 ގޯތި ދޫކުރުމުގެ ހުއްދަ ކައުންސިލަށް ދީފައިވާކަމަށް އޭނާ ވިދާޅުވި އެވެ. އަލީ ހާޝިމް ވިދާޅުވީ އެ 120 ގޯތި ދޫކުރުމަށް ކުރަން ޖެހޭ ކަންތައްތައް އެ ކައުންސިލުން މިހާރު ކުރަމުންދާ ކަމަށެވެ. އެ ގޯތިތައް ދޫކުރަން ނިންމާފައިވަނީ ކޮން ސަރަހައްދަކުން ކަމެއް ސާފެއް ނުވި އެވެ.

ބިމުގެ ޖާގައި ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ކުޅުދުއްފުށިން ގެވަޅު ދޫކުރުމަކުން ބޯހިޔާވަހިކަމަކަށް ހައްލެއް ލިބިގެން ނުދާނެ ކަމަށާއި ކައުންސިލްގެ ވިސްނުމަކީ ހުރިހާ ފަރާތްތަކަށް ބޯހިޔާވަހިކަން ލިބޭނެ ފެންވަރު ރަނގަޅު ފުލެޓް އެޅޭނެ ގޮތުން ހޯދުމެވެ.

ކައުންސިލްގެ ދެކޭގޮތުގައި ކުޅުދުއްފުށީގައި ބޯހިޔާވަހިކަމަށް ބޭނުންވާ 1500 އެއްހާ މީހުން އުޅޭނެ އެވެ.

 

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com