twitterviber whatsapp telegramfacebookyoutube instagram
24th April 2024

އެމްއޭއެޗްއާރްޕީގެ ނެޝަނަލް އެޗްއާރް ކޮންވެންޝަން އެންޑް އެކްސްޕޯގެ ޓައިޓަލް ސްޕޮންސަރ ކަމަށް އުރީދޫ

Feb 25, 2019

މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިޔުމަން ރިސޯސް ޕްރޮފެޝަނަލްސް (އެމް.އޭ.އެޗް.އާރް.ޕީ) އިން ބާއްވާ ރާއްޖޭގެ ފުރަތަމަ ނެޝަނަލް އެޗް.އާރް ކޮންވެންޝަން އެންޑް އެކްސްޕޯގެ ޓައިޓަލް ސްޕޮންސަރ ކަމަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފި އެވެ.

އެޗް.އާރް ޕްރޮފެޝަނަލުންނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިވެންޓު ކަމުގައިވާ ނެޝަނަލް އެޗް.އާރް ކޮންވެންޝަން އެންޑް އެކްސްޕޯ 2019 ގައި މި ސަރަހައްދުގެ އެންމެ ކުރިއަރާފައިވާ އަދި އިތުބާރުހުރި އެޗް.އާރް ލީޑަރުންނާއި ފަންނުވެރިންގެ ފަރާތުން ދާއިރާގެ ފަހުގެ މައުލޫމާތާއި ރޭވުންތަކާއި އީޖާދީ އަދި އެންމެ ރަނގަޅު ޕްރެކްޓިސްތައް ހިއްސާކުރެވިގެންދާނެ އެވެ.

މިގޮތުން އެމް.އޭ.އެޗް.އާރް.ޕީގެ ރައީސް ހުސެން އަފީފް އެމް.އޭ.އެޗް.އާރް.ޕީގެ އެކްޒެކެޓިވް ސެކްރެޓަރީ އަލީ އާދަމް އުރީދޫގެ ޑައިރެކްޓަރ އޮފް ހިއުމަން ރިސޯސަސް މުހައްމަދު ޝާހިދު އަދި އުރީދޫގެ ޑައިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް ހުސެން ނިޔާޒުގެ ބައިވެރިވުމާއި އެކު މިއަދު ހަވީރު އުރީދޫ ހެޑްކުއާޓާސްގައި ބޭއްވުނު ރަސްމިއްޔާތެއްގައި އުރީދޫ މޯލްޑިވްސް އަދި އެމް.އޭ.އެޗް.އާރް.ޕީ އާއި ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކުރެވިފައެވެ.

ނެޝަނަލް އެޗް.އާރް ކޮންވެންޝަންގެ ފުރަތަމަ ހަރަކާތުގެ ތީމް އަކީ “ފިއުޗަރ އޮފް އެޗް.އާރް އަދި ވަރކް” ކަމަށްވެފައި މައިގަނޑު ހަތަރު ދާއިރާ އަކަށް ސަމާލުކަން ދޭނެއެވެ. މިއީ މުވައްޒަފުންގެ ކުރިއެރުވުން އަދި އާދަކާދަ މުވައްޒަފުންގެ ދުޅަހެޔޮކަން އަދި މަސައްކަތައް ހުންނަ ޝައުގުވެރިކަން އެޗް.އާރުގެ މަސައްކަތްތައް ޑިޖިޓަލް ކުރުމާއި އީޖާދުތައް އަދި ވިޔަފާރީގެ ބައިވެރިއެއްގެ ގޮތުގައި އެޗް.އާރުގެ ދައުރާއި މުސްތަގްބަލުގެ މަސައްކަތްތަށް މި ހަތަރު ދާއިރާ އެވެ.

ނެޝަނަލް އެޗް.އާރް ކޮންވެންޝަން އެންޑް އެކްސްޕޯ 2019 ބޭއްވުމަށް ހަމަޖެހިފައިވާނީ 4 އަދި 5 މާރޗު 2019 ގައި ދަރުބާރުގޭގައެވެ. މި ކޮންވެންޝަންގައި ބައިވެރިވުމަށް ޝައުގުވެރިވާ ބޭފުޅުން، https://form.jotform.me/90261142208446 މެދުވެރިކޮށް ރަޖިސްޓަރ ކުރެވޭނެއެވެ. އިވެންޓާއި ބެހޭގޮތުން އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ، https://mahrp.org/ އަށް ޒިޔާރަތް ކުރައްވާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355