twitterviber whatsapp telegramfacebookyoutube instagram
31st July 2025

ދަމާސްގެ އަހަރީ ދުވަހާ ގުޅިގެން ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ފަށައިފި

Feb 26, 2019

އަހަރީ ދުވަހާއި ގުޅިގެން ދަމާސްއިން ލޭހަދިޔާކުރުމުގެ ކޭމްޕެއް މިއަދު ފަށައިފިއެވެ. މިއީ ލޭގެ އެހީއަށް ބޭނުންވެފައިވާ ފަރާތްތަކަށް އެހީވުމުގެ ގޮތުން ދަމާސް އިން ހިންގާ ހަރަކާތެކެވެ.

މޯލްޑިވްސް ބްލަޑް ސާވިސްގައި އެ ކޭމްޕް ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން ދަމާސްގެ ޗީފް އޮޕަރޭޓިން އޮފިސަރު މުހައްމަދު ޝިހާބު ވިދާޅުވީ ކޭމްޕު ކުރިއަށް ގެންދާތާ މިއީ ހަވަނަ އަހަރު ކަމަށާއި ވޭތުވެދިޔަ ކޭމްޕްތައް ވެސް ކާމިޔާބު ކަމާއެކީ ކުރިއަށް ގެންދެވުނު ކަމަށެވެ.

ދަމާސް އިން ހާމަކުރި ގޮތުގައި މިއީ މުޖުތަމައުއަށް ރަނގަޅު އެހީއެއް ދިނުމަށް ކުރާމަސައްކަތެއް ކަމަށާއި މި ދުވަހަށް މުވައްޒަފުން ވަރަށް ތަޔާރުވާކަމަށެވެ. 100 މުވައްޒަފުން ވަނީ މި ޕުރޮގުރާމުގައި ލޭހަދިޔާކުރުމަށް ލިސްޓްކުރެވިފައެވެ.

މުޖުތަމައުގައި ތެލެސީމިއާ ކުދިން ގިނަ ކަމަށާއި އެފަދަ ކުދިންނަށް އެހީތެރިވުމަކީ މުހިއްމު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝިހާބު ވިދާޅުވީ އެފަދަ ޕްރޮގްރާމްތައް ހިންގުމުން މުވައްޒަފުންގެ އާދަކާދައަށް ބަދަލު އަންނަ ކަމަށާއި އެ ބަދަލަކީ ހެޔޮ ބަދަލުތަކެއް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355