އިންޑިޔާއިން ރާއްޖެ އައި އުމުރުން ދިވެހި ފިރިހެނެއްގެ އަތުން ކަސްޓަމްސުން މަސްތުވާތަކެތި އަތުލައިގެންފިއެވެ.
އުމުރުން 24 އަހަރުގެ މި ފިރިހެންމީހާ އަތުން އަތުލައިގަނެފައިވަނީ 2 ކިލޯގެ މަސްތުވާ ތަކެއްޗެވެ.
2019 ފެބުރުވަރީ 20 ވަނަ ދުވަހު އިންޑިޔާއިން ރާއްޖެ އައި މި މީހާގެ އަމަލުތައް ހުރިގޮތުން އޭނާއާ މެދު ޝައްކުކުރެވިގެން ބަލާފާސްކުރުމުން މީނާގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ރައްކާކޮށްފައިހުރި ޕެކެޓެއްގައި މުށި ކުލައިގެ ދިޔާތަކެތި ވަނީ ފެނިފައެވެ.
މި ތަކެތި ކަސްޓަމްސުން އިތުރަށް ތަހުލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހަޝިޝް އޮއިލްއަށް ވަނީ ޕޮޒިޓިވް ވެފައެވެ.
މި މީހާއާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކުރެވިފަ އެވެ. އަދި އމި މައްސަލަ ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.