twitterviber whatsapp telegramfacebookyoutube instagram
29th March 2024

މިލަންދޫ ސްކޫލުގެ ބެލެނިވެރިން ކޮންމެ ދަރިވަރަކަށް ކްލާސްރޫމް ކަބަޑެއް ހަދިޔާކޮށްފި

Feb 27, 2019

ށ މިލަންދޫ ސްކޫލަކީ ތައުލީމީ ދާއިރާގައި ށ އަތޮޅުގެ އިތުރުން، މުޅި ރާއްޖޭގައި ފާހަގަކޮށްލެވޭ ފަދަ މަސައްކަތްތަކެއް ކުރަމުން އަންނަ ސްކޫލެކެވެ. މިއީ ހަމަ ޔަގީނުންވެސް ބައެއްގެ ގުރުބާނީތަކެއްގެ ނަތީޖާއެވެ.

މިކަމުގައި އެސްކޫލުގެ ޓީޗަރުންގެ އިތުރުން އެންމެ ބޮޑު ދައުރެއް އަދާކުރާ އެއްބަޔަކީ އެސްކޫލުގެ ހީވާގި، އެކުވެރި ބެލެނިވެރިންނެވެ. ދަރިވަރުންނަށް ކިޔެވުމަށް ފަހި މާހައުލެއް ގާއިމުކުރުމަށްޓަކާ، ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ވާން ތައްޔާރަށްތިބި ބެލެނިވެރިންތަކެކެވެ.

ކުރަންޖެހުނު ކިތަންމެ ބޮޑު ހޭދައެއްވެސް ކުރާން ފަސްނުޖެހޭނެ ބެލެނިވެރިންތަކެކެވެ. މާޒީގައިވެސް މިލަންދޫ ސްކޫލަށް ގެނެވުނު ކޮންމެ އުމްރާނީ ތަރައްޤީގައި ހިއްސާ އެންމެ ބޮޑު ބަޔަކީ މިލަންދޫ ސްކޫލުގެ ބެލެނިވެރިންނެވެ.

އެގޮތުން، މިއަހަރުގެ ފުރަތަމަ ކުއާޓާރގައި އެސްކޫލުގެ ދަރިވަރުންނަށް ބެލެނިވެރިންގެ ފަރާތުން ދިން ހަދިޔާއަކީ ދަރިވަރުންގެ ފޮތް ދަބަސް ބަރުވުމުގެ ސަބަބުން މިކަމަށް ލުޔެއް ހޯދާއި ދިނުމުގެ ގޮތުން ކޮންމެ ދަރިވަރަކަށް ކްލާސް ރޫމް ކަބަޑެއް ހަދިޔާކުރުމެވެ.

އެހެން ކަމުން ގްރޭޑް 1 ކުން ފެށިގެން 12 ގެ ކޮންމެ ދަރިވަރަކަށް، ކްލާސްތަކުގައި ކަބަޑެއް ބަހައްޓާދީ ވޭތުވެދިޔަ ހަފުތާގެ ތެރޭގައި ވަނީ ނިންމާލާފައެވެ. މިއީ ބެލެނިވެރިންގެ ފަރާތުން ގާތްގަނޑަކަށް ބައި ލައްކައެއްހާ ރުފިޔާ ހޭދަކޮށް ދަރިވަރުންނަށް ދީފައިވާ ހަދިޔާއެއްކަމަށް ސްކޫލުން މައުލޫމާތުދެ އެވެ.

ދަރިވަރުންނަށް ހަދިޔާކުރި ކަބަޑު–

 

ގާތްގަނޑަކަށް 600 އެއްހާ ދަރިވަރުން ތައުލީމު ހާސިލުކުރަމުންދާ އެ ސްކޫލުގެ ބެލެނިވެރިންނަކީ އެހެން ސްކޫލުތަކުގެ ބެލެނިވެރިންނަށް ފުރިހަމަ ނަމޫނާއެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355