twitterviber whatsapp telegramfacebookyoutube instagram
29th March 2024

ހދ އޭއީސީގެ އަހަރީ ދުވަހާ ގުޅުވައިގެން ދުވުމެއް !

Feb 28, 2019

ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ސާޅީސް ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ދުވުމެއް ބާއްވަން ނިންމައިފި އެވެ.

ޕީޓީއޭ އިން އިންތިޒާމުކޮށްގެން “ދަރިންނަށްޓަކާ އަހަރެމެން” ނަމުގައި ބާއްވާ މިދުވުން ބާއްވަން ނިންމާ، މިހާރު ވަނީ ބިބް ވިއްކަން ފަށާފަ އެވެ. އެގޮތުން ބިބް ދެ އަގެއްގައި ދަނީ ވިއްކަމުންނެވެ.

މި ހަރަކާތުގެ ކޯޑިނޭޓަރު ޒާހިޔާ ދާއޫދު ވިދާޅުވީ އާދައިގެ ނަމްބަރުތަކުގެ ބިބް 50ރ އަށް ވިއްކަމުންދާއިރު ރީތި ނަމްބަރުތަކުގެ ބިބްގެ ފޭށޭ އަގަކީ 100ރ ކަމަށެވެ. މި ހަރަކާތުގައި ވީހާވެސް ގިނަ ފަރާތްތަކެއްގެ ބައިވެރިވުމަކީ އެ ސްކޫލުގެ ވަރަށް ބޮޑު އެދުމެކެވެ.

ބިބް ސްކޫލުންނާއި ޕީޓީއޭގެ މެމްބަރުން ވިއްކަމުންދާއިރު އެންމެ އަގުބޮޑު ބިބް ބައްލަވާގަންނަ ފަރާތުގެ އަގުވަޒަން ކުރެވޭނެކަމަށް ޒާހިޔާ ވިދާޅުވި އެވެ.

އަންނަމަހު 2 ވަނަ ދުވަހު ހަވީރު 4:15 މިދުވުން ފަށަން ނިންމާފައިވާއިރު މިއީ 2.1 ކިލޯ މީޓަރުގެ ދުވުމެކެވެ. މި ދުވުން ފަށާނީ އޭއީސީ ކުރިން މަތިންނެވެ.

މިދުވުމުގައި މެޑެލް ދިނުމަށްވެސް ހަމަޖެހިފައިވެ އެވެ. އެގޮތުން މެޑަލް ދިނުމަށް ހަމަޖެހިފައިވާ ކެޓަގަރީ ތަކަކީ އަންހެން ފިރިހެން 6 އަހަރުން ދަށް، 9 އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށް 16 އަހަރުން ދަށް، 40 އަހަރުން ދަށް އަދި 40 އަހަރުން މަތީގެ އިތުރުން ހާއްސަ އެހީ އަށް ބޭނުންވާ ފަރާތް ތަކެވެ.

އެއްވަނަ ހޮވަން ހަމަޖެހިފައިވަނީ 6 އަހަރުން ދަށާއި 16 އަހަރުން ދަށުގެ އުމުރުފުރާގެ ދޭތެރޭގެ އުމުރުފުރާގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ މެދުގައެވެ. މީގެ އިތުރުން ސާޅިސް އަހަރުން ދަށާއި ސާޅީސް އަހަރުން މަތީގެ އުމުރު ފުރާއި އެންމެ މޮޅު 5 ދުވުން ތެރިން ހޮވުމަށް ހަމަޖެހިފައިވެ އެވެ.

ހދ އަތޮޅު ތައުލީމީ މަރުކަޒުގެ އަހަރީ ދުވަހާ ގުޅުވައިގެން ތަފާތު އެކު ހަރަކާތްތައް އަންނަނީ ހިންގަމުންނެވެ. އެ ސްކޫލަކީ އަތޮޅުތެރޭގައި ހުރި އެންމެ އާބާދީ ބޮޑު އެއް ސްކޫލެވެ. ފައުންޑޭޝަން ގުރޭޑުން ފެށިގެން ގުރޭޑް 8 ހަމައަށް ކިޔަވައިދޭ އެ ސްކޫލުގައި 1300 ވުރެ ގިނަ ދަރިވަރުން އަންނަނީ ތައުލީމު ހާސިލުކުރަމުންނެވ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355