twitterviber whatsapp telegramfacebookyoutube instagram
20th February 2026

ކުޅުދުއްފުށީ ކައުންސިލުން މިރޭ ރައްޔިތުންނާއި ބައްދަލު ކުރަނީ

Feb 28, 2019

ކުޅުދުއްފުށި ކައުންސިލުން ރައްޔިތުންނާއި މިރޭ ބައްދަލު ކުރުމަށް ހަމަޖެހިއްޖެ އެެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 110 ވަނަ މާއްދާގައި ކަނޑައެޅިފައިވާ އުސޫލުގެ މަތިން ރައްޔިތުންނަށް އާންމުކޮށް ހުޅުވާލައިގެން މިހާރު މިއޮތް ކައުންސިލުން ކުރިއަށް ގެންދާ މިއީ ތިންވަނަ ބައްދަލުވުމެވެ.

މި ބައްދަލުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިރޭ 08:30 ގައި ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި އެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާގޮތުން ރައްޔިތުންނަށް އާންމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ކޮންމެ އަހަރަކު ދެފަހަރު ރަށްރަށުގެ ކައުންސިލްތަކުން ބާއްވަންޖެހޭނެކަމަށެވެ.

އަދި މިގޮތުން ބާއްވާ ފުރަތަމަ ބައްދަލުވުމުގައި ފާއިތުވި އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ރިޕޯޓާއި އޮޑިޓް ރިޕޯޓް ރައްޔިތުންނަށް ހުށައަޅަން ޖެހެއެވެ. އަދި ދެވަނަ ބައްދަލުވުމުގައި ކުރިއަށް އޮތް އަހަރުގެ މަސައްކަތުގެ ތާވަލާއި ބަޖެޓު ރައްޔިތުންނަށް ހުށަހަޅައި ހިޔާލު ހޯދަންވާނެކަމަށްވެސް އެމާއްދާގައި ބުނެފައިވެއެވެ.

މިގޮތުން ބާއްވާ ބައްދަލުވުމުގެ 7 ދުވަސް ކުރިން އެރިޕޯޓުތަކާއި ޕްލޭނާއި ބަޖެޓުގެ މައުލޫމާތު އާންމުކޮށް ހާމަކުރަންވާނެކަމަށާއި ތަރައްޤީގެ ޕްލޭނަށް އަމަލީ ސިފަ އަންނަމުންދާ ގޮތުގެ މައުލޫމާތު މަދުވެގެން ދެމަހުން އެއްމަހު ކައުންސިލުން އާންމުކޮށް ހާމަކުރަންވާނެކަމަށް ލާމަރުކަޒީ ގާނޫނުގައި ބުނެފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355