twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކުޅުދުއްފުށީ ހޮސްޕިޓަލުގެ ތަރައްގީއަށް ސަރުކާރުން ވަރަށް އިސްކަމެއް ދެއްވާ: ޑރ ވަހީދު

Mar 1, 2019

ކުޅުދުއްފުށީގައި ސަރަހައްދީ ހޮސްޕިޓަލުގެ ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން ވަރަށް އިސްކަމެއް ދެއްވާ ކަމަށް އެ ހޮސްޕިޓަލުގެ އެކްޓިންގ ސީއީއޯ އަދި މެޑިކަލް ޑައިރެކްޓަރު ޑރ މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.

ކޭއާރުއެޗުގެ 37 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު އެހޮސްޕިޓަލުގައި ބޭއްވި ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ޑރ ވަހީދު ވިދާޅުވީ ކޭއާރުއެޗަކީ ބޮޑުތިލަދުންމަތީގެ ބޮޑު އާބާދީއެއް ހިދުމަތް ހޯދަމުންދާ ތަނެއް ކަމަށާއި ހަމައެއާއެކު ސަރުކާރުގެ މި ހޮސްޕިޓަލް ތަރައްގީއަށް ވަރަށް އިސްކަމެއް ދެއްވާ ކަމަށެވެ.

ޑރ ވަހީދު ވިދާޅުވީ މިހާރުވެސް ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ހޮސްޕިޓަލުން ގިނަ ހިދުމަތްތަކެއް ދެމުން ގެންދާ ކަމަށާއި އުންމީދަކީ ކުރިއަށް އޮތްތަނުގައިވެސް އައިޖީއެމްއެޗު ފެންވަރުގެ ހޮސްޕިޓަލަކަށް ކޭއާރުއެޗުގެ ތަރައްގީވެގެން ދިޔުން ކަމަށެވެ.

37 އަހަރީ ވަރަށް ދިގު މުއްދަތެއްކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ ފާއިތުވެ ދިޔަ މުއްދަތުގައި އަޑިގުނޑަންތަކާއި އުސްގަނޑުތައް ގިރާކުރުމަށްފަހު މިއަދު މިތިބީ ރާއްޖޭގެ ނިސްބަތުން ގުނާލެވޭ ހޮސްޕިޓަލެއްގެ ގޮތުގައި ކަމަށެވެ.

އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހޮސްޕިޓަލުގެ މުވައްޒަފުން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އެކަމަށްޓަކާ އެފަރާތްތަކަށް ހާއްސަ ޝުކުރެއް އަދާކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޭއާރުއެޗުގެ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން ފާއިތުވި 6 މަސް ދުވަހުގެ ތެރޭގައި ވަނީ ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހޯދާފަ އެވެ. އެގޮތުން ދާދި ފަހުން ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަންތަކެއް ކޮށްފަ އެވެ. އަދި މިދިޔަ އަހަރު ފަހުން ކޮޅުން ފެށިގެން އެ ހޮސްޕިޓަލުގައި އަންނަނީ ނާރުގެ ޑޮކްޓަރަކާއި ހިތުގެ ޑޮކްޓަރެއްގެ ހިދުމަތް ފޯރުކޮށްދެމުންނެވެ.

އެތަނުން މިހާރު އަންނަނީ އެކޯ ކާޑިއޯގެ ހިދުމަތް ފަށަން ތައްޔާރުވަމުންނެވެ. އެގޮތުން އެ ހިދުމަތް މިމަހު 7 ވަނަ ދުވަހު ފަށަން ވަނީ ނިންމާފަ އެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355