twitterviber whatsapp telegramfacebookyoutube instagram
1st June 2025

ހައިކޯޓް އުތުރު ގޮތްޕަށް ރަޖިސްޓްރާއެއް ހޯދަނީ

Mar 3, 2019

ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ ހައިކޯޓް އުތުރު ގޮއްޕަށް ރަޖިސްޓްރާއެއް ހޯދުމަށް އިއުލާންކޮށްފި އެވެ.

އަސާސީ މުސާރައެއްގެ ގޮތުގައި 14،000ރ ކަނޑައެޅިފައިވާއިރު ލިވިންގ އެލަވަންސްއަށް 2850ރ ލިބޭނެ އެވެ. އަދި ސަރވިސް އެލަވަންސްގެ ގޮތުގައި 3000ރ ލިބޭނެ އެވެ. މީގެ އިތުރުން ޖުޑީޝަލް އެލަވަންސްގެ ގޮތުގައ 8640 ކަނޑައެޅިފައިވެ އެވެ.

މީގެ އިތުރުން ހައިކޯޓް އުތުރު ގޮއްޕަށް އެސިސްޓެންޓް ލީގަލް އޮފިސަރެއްވެސް ވަނީ ހޯދަން އިއުލާންކޮށްފައި އެވެ. އެމަގާމުގެ އަސާސީ މުސާރައެއްގެ ގޮތުގައި 9412ރ ހަމަޖެހިފައިވާއިރު ލިވިންގ އެލަވަންސްގެ ގޮތުގައި 2850ރ ކަނޑައެޅިފައިވެ އެވެ.

އަދި ސަރވިސް އެލަވަންސްގެ ގޮތުގައި 3000ރ ހަމަޖެހިފައިވެ އެވެ. ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައެއްގައި 60 އިންސަތަ ލިބޭއިރު އިތުރުގެ ގަޑީގައި މަސައްކަތް ކުރަން ޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އެ ފައިސާވެސް ހަމަޖެހޭނެ އެވެ.

މި ދެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހު 7 ވަނަދުވަހުގެ 13:00 ގެ ކުރިން ހުށަހަޅަން ޖެހޭނެ އެވެ. ވަޒީފާއަށް އެދި ފުރިހަމަ ކުރަންޖެހޭ ފޯމު ހައިކޯޓް ކައުންޓަރުންނާއި ހައިކޯޓް ވެބްސައިޓްވެސް ލިބެން ހުންނާނެ އެވެ. ވަޒީފާއަށް އެދި ހައިކޯޓް އުތުރު ގޮއްޕަށްވެސް ހުށަހެޅިދާނެކަމަށް ހައިކޯޓުން މައުލޫމާތުދެ އެވެ.

ހައިކޯޓް އުތުރު ގޮފި ކުޅުދުއްފުށީގައި ގާއިމްކޮށްފައިހުންނަނީ ނޯތް އޮފީސް ކޮމްޕްލެކްސް އިމާރާތުގައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355