twitterviber whatsapp telegramfacebookyoutube instagram
8th May 2024

ދެ ކައުންސިލް ގުޅިގެން ނައިވާދޫގައި ކުޑަކުދިންގެ ޕާރކެއް ތަރައްގީކުރަނީ

Mar 3, 2019

ކޮންމެ ރަށެއްގައި ތަރައްގީގެ މަޝްރޫއުއެއް ހިންގުމަށް ހދ އަތޮޅު ކައުންސިލުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ނައިވާދޫގައި ކުޑަކުދިންގެ ޕާރކެއް ތަރައްގީކުރަން މަސައްކަތް ފަށައިފި އެވެ.

ދެ ކައުންސިލުން ހަރަދުކޮށްގެން ތަރައްގީކުރާ މި ޕާރކް ހެދުމަށް އަތޮޅު ކައުންސިލުން 175،000ރ ހަރަދުކުރަން ނިންމާފައިވާއިރު ނައިވާދޫ ކައުންސިލުން މިމަޝްރޫއުއަށް 172،777ރ ހަރަދުކުރާނެ އެވެ.

ޕާރކު ތަރައްގީ ކުރުމުގެ މަޝްރޫއު ފެށުމުގެ ގޮތުން މިއަދު ހެނދުނު ނައިވާދޫގައި ބޭއްވި ރަސްމިއްޔާތުގައި ހދ އަތޮޅު ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ރައީސް ހުސެއިން ހަސަން އެވެ. ނައިވާދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެކައުންސިލްގެ ރައީސް އަހުމަދު ފާއިޒެވެ.

މި ޕާރކް ތަރައްގީކުރަން ނިންމާފައިވަނީ އެރަށު ބަނދަރު ސަރަހައްދުގައި އޮންނަ ހުސް ބިމުގައި އެވެ. ހަވާލުކުރާތާ 50 ދުވަހުގެ ތެރޭގައި ނިންމާގޮތަށް މިމަޝްރޫއު ހަވާލުކޮށްފައިވަނީ ކުޅުދުއްފުށީ މަލްޓި ރިޕެއަރ ސެންޓަރާ އެވެ.

ދެ ކައުންސިލް ގުޅިގެން ހިންގާ މި މަޝްރޫއުގެ ތެރެއިން މިއީ ކުޑަކުދިންގެ ޕާރކެއް ތަރައްގީކުރާ ފުރަތަމަ ފަހަރެވެ. މިމަޝްރޫއުގެ ދަށުން ގިނަ ރަށްތަކެއްގައި އިމާރާތްކޮށްފައިވަނީ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކެވެ.

މިގޮތުން ކުޅުދުއްފުއްޓާއި ނެއްލައިދޫ، ނޮޅިވަރަމް، ނޭކުރަންދޫ، އަދި ކުމުންދޫ ފަދަ ރަށްތަކުގައި މަޝްރޫއު ކުރިއަށްގެންގޮސްފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355