twitterviber whatsapp telegramfacebookyoutube instagram
1st June 2025

ކުޅުދުއްފުށީ ކުޅި ދެމެހެއްޓެނިވިގޮތެއްގައި ރައްކާތެރިކުރުމަށް ބޭރުގެ އެހީ ހޯދަނީ

Mar 3, 2019

ކުޅުދުއްފުށީގެ ކުޅީގެ ބާކީ ބައި ދެމެހެއްޓެނިވިގޮތެއްގައި ރައްކާތެރިކުރުމަށް ބޭރުގެ އެހީ ހޯދަން އެންވަރަމެންޓް މިނިސްޓްރީން ނިންމައިފި އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ކުޅުދުއްފުށީ ކުޅީގެ ބައެއް ހިއްކައިގެން އެއާޕޯޓް ތަރައްގީކޮށްފައިވުމުގެ ސަބަބުން އެސަރަހައްދުގެ ޤުދުރަތީ ވެއްޓަށް ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެންވަރަޔަމަންޓް މިނިސްޓްރީން ކުރި ޓްވީޓެއްގައި ހާމަކޮށްފައިވަނީ ކުޅުދުއްފުށީ ކުޅިއާ ބެހޭގޮތުން މެންގްރޫވް އެކްޝަން ޕްރޮޖެކްޓުން ހުށަހަޅާފައިވާ އެހީ ޑރ ހުސެއިން ރަޝީދު ހަސަން ގަބޫލުކުރަން ނިންމާފައިވާ ކަމަށެވެ. މެންގްރޫވް އެކްޝަން ޕްރޮޖެކްޓަކީ ދުނިޔޭގެ ކުޅި، ފާ، އަދި ޗަސްބިން ފަދަ ތަންތަން ހިމާޔާތްކުރުމަށް މަސައްކަތް ކުރާ ބައިނަލް އަގްވާމީ ޖަމިއްޔާއެކެވެ.

އެންވަޔަރަންމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ އަބުދުﷲ ނަސީރު މިއަދު ކޭއޯއަށް ވިދާޅުވީ ކުޅީގެ ބާކީ ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކުރެވޭނެ ގޮތެއް ހޯދުމަށްޓަކާ ބޭރުގެ މާހިރުންގެ އެހީ ހޯދުމަށް ނިންމާފައިވާ ކަމަށެވެ. ބޭރުގެ މާހިރުންގެ އެހީގައި ކުޅިއަށް ދިރުން ގެނެވޭނެ ގޮތްތައް ބަލައި އެސެސްމަންޓް ހެދިގެންދާނެ ކަމަށެވެ.

” އެކަމުގެ ތަޖުރިބާކާރު ބޭފުޅުން އައިސް ބެލީމަ ދޯ އަޅުގަނޑުމެންނަށް އެނގޭނީ . އެކަން ދެން ކުރިއަށްގެންދާނީ ކިހިނެތްކަން” ޑރ ނަސީރު ވިދާޅުވި އެވެ.

އެއާޕޯޓް މަޝްރޫއުގެ ސަބަބުން އެތަނަށް ވަރަށް ބޮޑު ބަދަލެއް އައިސްފައިވާ ކަމަށާއި ޤުދުރަތީ މާހައުލަށް ދިރުން ގެނެވޭނެ ގޮތްތައް ބަލައި އެކަމަށް ކުރަން ޖެހެނީ ކޮންކަންތައްތަކެއް ތޯ ވެސް ބަލާނެކަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކުޅިތަކާއި ކަނޑޫފާ އަދި ޗަސްބިންތައް ހިމާޔާތްކޮށް ރައްކާތެރިކުރުމަށް މިސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެމުންދާ ކަމަށެވެ.

ތިމާވެއްޓާ ބެހޭ ވަޒީރު ކުޅުދުއްފުށީ ކުޅިއަށް ޒިޔާރާތްކޮށް އެތަން ބައްލަވާލައްވަނީ–

 

ޑރ. ނަސީރު ވިދާޅުވީ ބޭރުގެ އެކްސްޕާޓުން އެހީގެ އިތުރުން އިތުރު އެހެން ކަންތައްތައް ކުރުމަށްވެސް ބޭރުގެ އެހީ ހޯދުމަށް ނިންމާފައިވާ ކަމަށާއި ވީހާވެސް އަވަހަކަށް އެމަސައްކަތް ފެށޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން ދާދި ފަހުން ހއ ބާރަށް ކުޅި އާއި ހދ ނޭކުރަންދޫ ކަނޑޫފާގެ އިތުރުން ކޭލަކުނުވެސް ހިމާޔާތްކޮށްފައިވާ ކަމަށެވެ. ދާދި ފަހުން އެންވަރަޔަމަންޓް މިނިސްޓަރު ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅުގައިވެސް ވަނީ ކުޅިއަށް ޒިޔާރާތްކޮށް އެތަނުގެ ހާލަތު ބައްލަވާލައްވާފަ އެވެ.

With regard to remaining part of Kulhudhufushi kulhi, Minister @DrHussainHassan had accepted offer of support frm #MangroveActionProject– global network working to save planet’s mangroves. Together with local expertise we hope to restore hydrology & bring mangroves back to health

— Environment.gov.mv (@EnvGovMv) February 28, 2019

ކުޅިތަކުން މަދުން ނޫނީ ނުފެންނަށް ގިނަ ބާވަތްތަކެއްގެ ދިރުންތައް ފެނިފައިވާ ކުޅުދުއްފުށީ ކުޅީގެ ބާކީ ބައި ހިމާޔާތްކުރާ ވާހަކަ މިނިސްޓްރީ ހާމަކޮށްފައިމިވަނީ އެތަން ހިމާޔާތްކުރުމަށް ގިނަ ބަޔަކު ޓްވިޓާގައި ކެމްޕެއިން ފަށާފައިވާ ދަނޑިވަޅެއްގަ އެވެ.

ރައީސް އިބުރާހިމް ސޯލިހްވެސް ވިދާޅުވެފައިވަނީ ތިމާވެށި ހިމާޔާތްކުރަން މި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355