އަފީފުއްދީން ސްކޫލްގެ ގާލްގައިޑް އަދި ލިޓިލް މެއިޑް ކުދިން ނައިވާދޫގައި ބޭއްވި ކޭމްޕުގައި އެރަށު ތުނޑިމަތީއެއްކޮށް ސާފުކޮށްލައިފި އެވެ.
90 ދަރިވަރުންނާއެކު ކުރިއަށް ގެންދިޔަ މި ކޭމްޕަކީ ގާލްގައިޑް އަދި ލިޓިލް މެއިޑް އެނުއަލް ކޭމްޕެވެ. މި ފަދަ ހުރިހާ ކޭމްޕެއްގައިވެސް ސާފު ކުރުމުގެ ހަރަކާތަކި އެ ސްކޫލުން އާންމުކޮށް ކުރަމުން ގެންދާ ހަރަކާތެކެވެ.
އެގޮތުން ނައިވާދޫގައި ފެބްރުއަރީ 28 ން މާރޗު 2 އަކަށް ކުރިއަށް ގެންދިޔަ ކޭމްޕުގައި ތުނޑިމަތި ސާފުކޮށްފައިވަނީ ކޭމްޕުގެ އެންމެ ފަހު ދުވަހުއެވެ. އެގޮތުން ގިނަ އަދަދެއްގެ ޕްލާސްޓިކާއި އެކި ޒާތުގެ ކުޅި އެތަނުން ނަގާފައިވާ ކަމަށް އެސްކޫލުން މައުލޫމާތު ދިނެެވެ.
ކޭއޯއަށް މައުލޫމާތު ދެމުން އެ ސްކޫލް ޕްރިންސިޕަލް ނާސިހާ ވިދާޅުވީ އެތަނުން ގާތްގަނޑަކަށް 5 ގޯނި ޕްލާސްޓިކް ފުޅި ނަގާފައިވާނެކަމަށެވެ. އަދި ކުނިތައް ނައްތާލުމަށް އެރަށު ކައުންސިލަށް ލިއުމަކުން ދަންނަވާފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ކްލީނިންގ ޕްރޮގްރާމްތަކަކީ އެ ސްކޫލުން އިސްކަމެއް ދީގެން ކުރާ ކަމެއްކަމަށާއި އަދި މިފަދަ ޕްރޮގްރާމުތަކާއެކު ދަރިވަރުންނަށް ބެޖުވެސް ލިބޭނެ ކަމަށް ނާސިހާ ވިދާޅުވި އެވެ. ދަތުރުދާ ރަށެއްގެ ގޮތުގައި ނައިވާދޫ މަގުބޫލުވަނުން އަންނައިރު އެރަށަށް ގިނަ ބަޔަކު ފަހަކަށް އައިސް އަންނަނީ ދަތުރު ދަމުންނެވެ.