twitterviber whatsapp telegramfacebookyoutube instagram
24th April 2024

ސްޕޯޓްސް މީޓްގެ މެހެމާނުން ގޮތުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުން !

Mar 5, 2019

ނޮޅިވަރަންފަރު ސްކޫލުން މިހާރު ކުރިއަށް ގެންދާ އިންޓަ ހައުސް ސްޕޯޓްސް މީޓްގެ މެޗުތަކުގެ ހާއްސަ މެހެމާނުންގެ ގޮތުގައި އެ ސްކޫލުން ހާއްސަ އެހީއަށް ބޭނުންވާ ކުދިން ބައިވެރިކޮށްފި އެވެ.

އެ ސްކޫލުގެ ޕްރިންސިޕަލް އަލީ އަހުމަދު ވިދާޅުވީ 28 ފެބްރުއަރީ ގައި ފެށުނު ސްޕޯޓް މީޓްގައި އަންހެން ކުދިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ހޭންޑް ބޯލް މެޗުތައް ނިމިފައިވާއިރު އެ މެޗުތަކުގައި ހާއްސަ މެހެމާނުންގެ ގޮތުގައި ރަށުގައި ތިބި ހާއްސަ އެހީއަށް ބޭނުންވާ އަންހެން ކުދިން ބައިވެރިވެ ވަނަވަނަ އަށް ދިޔަ ކުދިންނަށް އިނާމްވެސް ހަވާލުކޮށްފައިވާ ކަމަށެވެ.

ފިރިހެން ކުދިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ފުޓްސަލް މެޗުތަކުގެ ހާއްސަ މެހެމާނުންގެ ގޮތުގައި ރަށުގައި ތިބި ހާއްސަ އެހީއަށް ބޭނުންވާ ފިރިހެން ކުދިން ހާއްސަ މެހެމާނުންގެ ގޮތުގައި ބައިވެރިވާނެ ކަމަށްވެސް އަލީ ވިދާޅުވި އެވެ.

ހާއްސަ އެހީއަށް ބޭނުންވާ ކުދިން މި ކަމުގައި ބައިވެރިކުރީ އެކުދިން އިޖްތިމާއީ ކަންކަމުގައި ބައިވެރިކޮށް އެކުދިންނަކީވެސް މުޖުތަމައުގައި ބޭނުންތެރި ކުދިންކަން އިހްސާސްކޮށް ދިނުންކަމަށް އަލީ ވިދާޅުވި އެވެ. މީގެ އިތުުރުން މިދިޔަ އަހަރު ވެސް ރަށުގައި ތިބި ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ގެތަކަށް އެސްކޫލުން ޒިޔާރަތްކޮށް ހަދިޔާ ދީފައިވެއެވެ.

އަލީ ވިދާޅުވީ މި ވަގުތު އެ ރަށުގައި އެމްއެންޑީއެފްގެ ފަރާތުން ކުރިއަށް ގެންދާ މަލްޓި މީޑީއާ އެންޑް ޑިޒައިނިން ކޯހުގައިވެސް ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ފުރުސަތު ދީގެން އެކޯހުގައި އެކުދިން ކިޔަވަމުން ދާކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355