twitterviber whatsapp telegramfacebookyoutube instagram
24th April 2024

ނޭކުރަންދޫ ކައުންސިލުގެ އެންމެ ބޮޑު ކަންބޮޑުވުން: ރަށުން ބޭރަށް ހިޖުރަކުރާ މައްސަލަ !

Mar 5, 2019

ހދ ނޭކުރަންދޫއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ރަށުގެ އާބާދީގެ ބޮޑުބައެއް ރަށުން ބޭރަށް ހިޖުރަކުރާ މައްސަލަކަމަށާއި އެކަން ހުއްޓުވުމަށް އެރަށުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދެއްވުމަށް ނޭކުރަންދޫ ކައުންސިލުން ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް އަރިހުގައި ދަންނަވައިފި އެވެ.

ނޭކުރަންދޫއަށް ކުރިމަތިވެފައިވާ މައްސަލަތައް ރައީސް އިބުރާހިމް މުހައްމަދު ސޯލިހްއާ ހިއްސާކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި އެރަށު ކައުންސިލުން އެދިލައްވާފައިވަނީ ރަށުގައި ހުރި މައްސަލަތައް ހައްލުކޮށްދެއްވުމަށެވެ.

މިގޮތުން ރަށުގައި ބައެއް އަސާސީ ޚިދުމަތްތައް ފުރިހަމަވެފައި ނެތުމުން ދިމާވަމުންދާ ދަތިތަކާއި، އުމްރާނީ ވަސީލަތްތައް މަދުވުމުން ކުރިމަތިވާ ގޮންޖެހުންތައް ފާހަގަކުރެއްވި އެވެ.

އަދި، ޒުވާނުންނަށް އާމްދަނީ ލިބޭނެ މަގު ތަނަވަސްކޮށްދިނުމުގެ ގޮތުން ރަށުގައި ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމުގެ މުހިންމު ކަމާއި ކުޅިވަރު ކުޅޭނެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން އެފަދަ ވަސީލަތްތައް ގާއިމުކޮށްދެއްވުމަށް ރައީސްގެ އަރިހުން ކައުންސިލަރުން ވަނީ އެދިވަޑައިގެންނެވި އެވެ.

ކައުންސިލް ގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި މުވައްޒަފުންގެ ދަތިކަން ކުރިމަތިވަމުންދާކަންވެސް ނޭކުރެންދޫ ކައުންސިލުން ފާހަގަ ކުރެއްވި އެވެ.

ނޭކުރަންދޫއަކީ ރާއްޖޭގެ އެންމެ ބޮޑު ކަނޑޫފާ އޮންނަ ރަށެވެ. ރައީސް ސޯލިހްގެ ރިޔާސީ ކެމްޕެއިންގެ ތެރެއިން އެރަށަށް ވަޑައިގެން ރައްޔިތުންނާ ވާހަކަދައްވަމުން ވިދާޅުވީ އެރަށުގެ ކަނޑުފާ ހިމާޔާތްކޮށް ލޯކަލް ގެސްޓްހައުސް ވިޔަފާރި އެރަށުގައި ފަށާނެ ކަމަށެވެ. މިސަރުކާރުގައި އެރަށު ކަނޑޫފާ މިހާރުވަނީ ހިމާޔާތްކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355