twitterviber whatsapp telegramfacebookyoutube instagram
26th April 2024

ނަޝީދާއެކު ކުޅުދުއްފުށީގެ ދެ ދާއިރާއަށް 9 ކެންޑިޑޭޓަކު ވާދަކުރަނީ

Mar 5, 2019

ކުޅުދުއްފުށީ ދެކުނު ދާއިރާގެ މިހާރުގެވެސް މެމްބަރު އަލްއުސްތާޒް މުހައްމަދު ނަޝީދު އާއި އިތުރު 8 ބޭފުޅަކު ކުޅުދުއްފުށީ ދެ ދާއިރާއަށް ވާދަކުރައްވަން ނިންމައިފި އެވެ.

ކެންޑިޑޭޓުންގެ ނަމްބަރު ތަރުތީބުކުރުމަށް ރޭ އިލެކްޝަން ކޮމިޝަނުގައި ކުރިއަށްދިޔަ ރަސްމިއްޔާތުގެ ތެރޭގައި ކުޅުދުއްފުށީގެ އުތުރު ދާއިރާއަށް ވާދަކުރައްވަން ތިއްބެވީ އެމްޑީޕީ ޕްރައިމަރީ ކާމިޔާބުކުރެއްވި ޔާސިރު އަބުދުލް ލަތީފާއި ޖޭޕީގެ ޓިކެޓްގައި ނިކުންނަށް ނަސްރުﷲ އިސްމާއިލެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ ކެންޑިޑޭޓުންގެ ނަމްބަރުތައް ތަރުތީބު ކުރެވިފައިވާ ގޮތް:

ނަސްރުﷲ އިސްމާއިލް/ ޖޭޕީ

ޔާސިރު އަބުދުލް ލަތީފް/ އެމްޑީޕީ

އުތުރު ދާއިރާއާ ހިލާފަށް ދެކުނު ދާއިރާއަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރެ އެވެ. އެ ދާއިރާއަށް 7 ކެންޑިޑޭޓަކު ވާދަކުރެ އެވެ.

އެގޮތުން އެ ދާއިރާގެ އެމްޑީޕީ ޓިކެޓް ކާމިޔާބުކޮށްފައިވާ ޖަމްޝީދު މުހައްމަދާއި ޕީޕީއެމްގެ ޓިކެޓްގައި އަބުދުއްރަހުމާނު އިސްމާއިލް (މައިޓް އަބުދުއްރަހުމާނު) އާއި މިހާރުވެސް އެދާއިރާގެ މެމްބަރު އަލްއުސްތާޒް މުހައްމަދު ނަޝީދު ހިމެނެ އެވެ. ނަޝީދުގެ އިތުރުން، އިތުރު ހަތަރު ފަރާތްތަކުން އަމިއްލަގޮތުންވެސް ވާދަކުރެ އެވެ. އެއީ ކުޅުދުއްފުށީގެ ކައުންސިލުގެ ރައީސްގެ މަގާމު ކުރިން ފުރުއްވި ޔޫރަޕް، އިބުރާހިމް ރަމީޒާއި އަހުމަދު އާދަމް (ސޭކޭ) އާއި މުހައްމަދު އަބުދުއްރަހީމް (ކުޑަ ބެނޭ) އަދި އިޖުތިމާއީ ގޮތުން ފާހަގަކޮށްލެވޭ ގިނަ ހިދުމަތްތަކެއް ކޮށްދެއްވަމުންގެންދާ ހުސެއިން އަލީ (ކޭޑީ) ހިމެނެ އެވެ.

ކުޅުދުއްފުށީ ދެކުނު ދާއިރާގެ ކެންޑިޑޭޓުންގެ ނަމްބަރުތައް ތަރުތީބު ކުރެވިފައިވާ ގޮތް:

އަބުދުއްރަހުމާނު އިސްމާއިލް/ ޕީޕީއެމް

އިބުރާހިމް ރަމީޒު/ އަމިއްލަ ގޮތުން

އަހުމަދު އާދަމް/ އަމިއްލަ ގޮތުން

މުހައްމަދު ނަޝީދު/ އަމިއްލަ ގޮތުން

ޖަމްޝީދު މުހައްމަދު/ އެމްޑީޕީ

މުހައްމަދު އަބުދުއްރަހީމް/ އަމިއްލަ ގޮތުން

ހުސެއިން އަލީ/ އަމިއްލަ ގޮތުން

މި ކެންޑިޑޭޓުންގެ ތެރޭގައި ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދުގެ ފިޔަވާ ދެން ތިބި ހުރިހާ ބޭފުޅުންނަކީވެސް ކުޅުދުއްފުއްޓަށް ނިސްބަތްވާ ކެންޑިޑޭޓުންނެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355