twitterviber whatsapp telegramfacebookyoutube instagram
20th April 2024

ރާއްޖެ އެތެރެކުރަން އުޅުނު ބުދުތަކެއް ހިފަހައްޓައިފި

Mar 6, 2019

ރާއްޖެއައި އިންޑިއާގެ 04 ރައްޔިތެއް ރާއްޖެއަށް އެތެރެ ކުރަން އުޅުނު ގިނަ އަދަދެއްގެ ބުދުތަކެއް ކަސްޓަމްސް އިން ހިފަހައްޓައިފި އެވެ.

2019 މާރިޗު 03 ވަނަ ދުވަހުގެރޭ އިންޑިއާއިން ރާއްޖެއަށް މި 4 މީހުން އައިސްވަނީ ޓޫރިސްޓް ވިސާގައި ކެވެ.

މިމީހުން ގެނައި 13 ލަގެޖެއް އެކްސްރޭ ކުރެވުނުއިރު އަޅުކަން ކުރަން ބޭނުންކުރާ ޒާތުގެ ބުދުފަދަތަކެތި ހުރިކަމަށް ޝައްކުކުރެވި އިތުރަށްބަލާ ފާސްކުރިއިރު މި 13 ލަގެޖްގައިވެސް ހުރީ އަޅުކަން ކުރަން ބޭނުންކުރާ ބުދު ފަދަތަކެތިކަން ކަސްޓަމްސްއަށް ވަނީ ޔަގީންކުރެވިފައިވާކަމަށް އެ ފަރާތުން މައުލޫމާތު ދެއެވެ.

މިތަކެއްޗާމެދު ސުވާލުކުރުމުން މިތަކެތި ގެނައިފަރާތުން މިތަކެއްޗަކީ އާރޓިފެކްޓްސް ތަކެއް ކަމަށާއި އެމީހުން ރާއްޖެ އައިސްފައިވަނީ “ޕީސްފުލް ގެދަރިންގް” އަކަށް ކަމަށް ބުނެފައިވެއެވެ. މިގޮތުން، ހިފަހައްޓާފައިވާ ބުދުތަކުގެ ތެރޭގައި އެކި ސައިޒްގެ 28 ބުދު ހިމެނޭ ކަމަށްވެސް ކަސްޓަމްސް އިން މައުލޫމާތު ދެއެވެ.

މިކަމުގައި ޝާމިލްވާ މީހުން މިބުދުތަކާއެކު އަނބުރާ އިންޑިއާއަށް މިހާރުވަނީ ފުރާފައެވެ.

އަޅުކަންކުރަން ގެންގުޅޭ ބުދަކީ ޤާނޫނު ނަންބަރު 75/4 (ދިވެހިރާއްޖޭއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު)ގެ 4 ވަނަ މާއްދާގެ (ށ) ގެ ދަށުން ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ އެއްޗެކެވެ. ރާއްޖެއިން ބޭރުގެ ފަރާތްތައް ރާއްޖެ އަންނައިރު އެމީހުން ގެންނަތަކެތީގެ ތެރޭގައި ހިމެނޭ ރާއްޖެއަށް އެތެރެކުރުމަށް ހުއްދަނުދެވޭ ތަކެތި، އެމީހުން ރާއްޖެއިން ފުރައިގެންދާއިރު އަނބުރާ ގެންދިއުމަށް ބޭނުންވެއްޖެ ހާލަތެއްގައި އަނބުރާ ގެންދިއުމުގެ ފުރުސަތު އެފަރާތްތަކަށް ކަސްޓަމްސް އާންމުގަވާއިދުން ލިބިދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355