twitterviber whatsapp telegramfacebookyoutube instagram
26th April 2024

ސީކުއީން ބޯޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ހެދި ދަތުރުތައް ފެށުން ފަސްކޮށްފި

Mar 6, 2019

ޒަމާނީ ފަރުމާއަކަށް ބަނދެގެން ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ފެރީގެ ހިދުމަތް ދިނުމަށް އެންމެ ފަހުން ކުޅުދުއްފުއްޓަށް ގެނައި ސީކުއީން ބޯޓަށް ދިމާވީ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ބޯޓްގެ ފުރަތަމަ ދަތުރުތައް ފަސްކޮށްފި އެވެ.

ސީކުއީން ބޯޓްގެ ފުރަތަމަ ދަތުރު ތާވަލްކޮށްފައިވަނީ މާދަމާ، 7 މާރޗު، މާލެއިން ކުޅުދުއްފުއްޓަށް އައުމަށެވެ. ޓިކެޓްވެސް ވިއްކާފައިވަނިކޮށް މި ދަތުރު ކެންސަލްކޮށްފައިމިވަނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެންނެވެ.

ދަތުރުތައް ލަސްވިކަން ހާމަކުރުމުގެ ގޮތުން ސީކުއީން ބޯޓް ހިންގާ ސީކުއީން ކޮމްޕެނީގެ ފަރާތުން މައުލޫމާތު ދެއްވަމުން ވިދާޅުވީ ބޯޓްގެ ދަތުރުތައް ފަސްކުރަން ޖެހުނީ ބޯޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ހެދި ކަމަށެވެ. އަދި ދަތުރުތައް އަލުން ފެށޭނެ ތާރީހެއް ފަހުން އިއުލާންކުރާނެ ކަމަށް އެފަރާތުން މައުލޫމާތުދެ އެވެ.

ވިއްކާފައިވާ ޓިކެޓްތަކުގެ ފުލް ރިފަންޑް އެ ބޯޓްގެ ޓިކެޓް އޮފީސް ” އޯރިންގ” ލިބުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް އެ ކުންފުނިން ވަނީ ނިހާޔަތަށް މަޢާފަށް އެދިފަ އެވެ.

ސީކުއީން ބޯޓްގެ ޓިކެޓް އޮފީސް “އޯރިންގ” ހުންނާނީ ބަންޑާރަމަގު، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ކުރިމަތީގަ އެވެ. ސީކުއީން ބޯޓްގެ ޓިކެޓް އޮފީހުގެ ނަމްބަރުތަކަކީ 6527878 އަދި 6527979 އެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355