twitterviber whatsapp telegramfacebookyoutube instagram
1st August 2025

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ހިތުގެ ސްކޭނިންގ ހެދުމުގެ ހިދުމަތް މިއަދު ފަށައިފި

Mar 7, 2019

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ހިތުގެ ސްކޭނިންގ ހެދުމަށް މިއަދު ފަށައިފި އެވެ. ދާދި އެންމެއަކު އެހޮސްޕިޓަލުގައި ބޭއްވި ހަފްލާގައި މި ހިދުމަތް ފައްޓަވައިދެއްވީ  މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް މުހައްމަދު ޒުހެއިރެވެ.

މި ހިދުމަތް ފެށުމުގެ ގޮތުން ބަލިމީހެއްގެ ހިތުގެ ސްކޭނިންގ ވަނީ ހަދާފަ އެވެ. އެންމެ ފަހުގެ އެކޯކާޑިއޯ މެޝިނެއްގައި އެހީގައި ފެށި މިހިދުމަތުގެ ސަބަބުން މިސަރަހައްދުގެ ރައްޔިތުންނަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ އެވެ.

އެކޯކާޑިއޯ ގުރާމަކީ ހިތުގެ ސްކޭނިންގ އެކެވެ. މީގެ ހިތުގައި ބުލޮކެއް އުޅެންޏާ އެނގޭނެ އެވެ. އަދި އެއީ ކިއްތަށް ފަސެންޓްގެ ބުލޮކެއްކަންވެސް ދެނެގަންނާނެ އެވެ.

ކޭއާރުއެޗުގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން މިދިޔަ އަހަރު ފަހުކޮޅު އެހޮސްޕިޓަލަށް ވަނީ ހިތުގެ ހާއްސަ ޑޮކްޓަރަކާއި ނާރުގެ ޑޮކްޓަރެއްގެ ހިދުމަތް ފަށާފަ އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ އަތޮޅުތެރޭގެ އެންމެ ގިނަ ރައްޔިތުން ހިދުމަތް ހޯދަމުންދާ ހޮސްޕިޓަލެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355