twitterviber whatsapp telegramfacebookyoutube instagram
29th March 2024

އެންމެ ޒަމާނީ މެޝިނެއްގެ އެހީގައި ޓީބީއަށް ޓެސްޓް ހެދުމުގެ ހިދުމަތް ކުޅުދުއްފުށީ ހޮސްޕިޓަލުގައި ފަށައިފި

Mar 7, 2019

ރައީސް އިބުރާހިމް މުހައްމަދު ސޯލިހްގެ ވައުދުތަކުގައި ހިމެނޭ ” ޖީން އެކްސްޕަރޓް ސަރވިސް” ގެ ހިދުމަތް ހދ އަތޮޅުގައި މިއަދު ފަށައިފި އެވެ. މި ހިދުމަތް ފައްޓަވައިދެއްވީ މިއަދު މެންދުރު ހދ ޓީއާރުސީގައި ބޭއްވި ރަސްމިއްޔާތެއްގައި ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހެއިރެވެ.

ޖީން އެކްސްޕަރޓްގެ ހިދުމަތް ދެމުން އަންނަނީ ހަމައެކަނި މާލެ ސަރަހައްދުގަ އެވެ. މިއީ މި ހިދުމަތް އަތޮޅުތެރޭގެ ހޮސްޕިޓަލެއްގައި ދޭން ފެށި ފުރަތަމަ ފަހަރެވެ.

މި ހިދުމަތުގެ ތެރެއިން އެންމެ ޒަމާނީ މެޝިނެއްގެ އެހީގައި ޓީބީއަށް ޓެސްޓް ހެދުމުގެ އިންތިޒާމު ކުޅުދުއްފުށީ ހޮސްޕިޓަލުން ލިބިގެންދާނެ އެވެ. މި ހިދުމަތް ފޯރުކޮށްދިނުމަށް އެހޮސްޕިޓަލުގައި 8 މުވައްޒަފަކާއި ހދ އަތޮޅުގެ ސިއްހީ މަރުކަޒުތަކުގައި މަސައްކަތްކުރައްވާ 26 މުވައްޒަފަކު ވަނީ ތަމްރީންކޮށްފަ އެވެ.

ސިއްހީ މަރުކަޒުތަކުން ތަމްރީން ކުރެއްވި މުވައްޒަފުންގެ މަސައްކަތަކަށް ވަނީ ބަލި މީހުންގެ ސާމްޕަލްތައް ނަގައި އެތަކެތި ރައްކާތެރިކަމާއެކު އެ ހޮސްޕިޓަލަށް ފޯރުކޮށްދިނުމެވެ.

ޖީން އެކްސްޕަރޓްގެ ހިދުމަތް ފެށުމަށް މިއަދު ކުޅުދުއްފުށީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން–

ޑަބުލިއުއެޗްއޯއިން ހަދިޔާކުރި މި މެޝިނަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައިވެސް “ޖީން އެކްސްޕާރޓް ސަރވިސް” ގެ ހިދުމަތް ދިނުމަށް ގެންގުޅޭ އެންމެ ފަހުގެ ޒަމާނީ މެޝިނެއްކަމަށް އެފަރާތުން މައުލޫމާތުދެ އެވެ. މި މެޝިނުގެ އެހީގައި ޓީބީ ބެކްޓީރިއާގެ ކިއްތަމެއް ކުޑަ މިންވަރެއްވެސް ހަށިގަނޑުގައި ހުރިނަމަވެސް ދެ ގަޑިއެއްހާއިރު ތެރޭގައި ނަތީޖާ ދައްކާނެ އެވެ.

އަދި މީގެ އިތުރުން ބޭހަށް ނުގުޑާ ޓީބީގެ އަސަރު ހުރި ތޯ މި މެޝިންގެ އެހީގައި ބަލާނެވޭނެކަމަށް ކޭއާރުއެޗުން މައުލޫމާތުދެ އެވެ. ކެއާރުއެޗުން ބުނީ ބޭހަށް ނުގުޑާ ޓީބީއަށް ޓެސްޓްކުރަން ކުރާ މީގެ ކުރިން ކުރާ ޓެސްޓްތަކުގެ ނަތީޖާ ލިބެން ދޮޅު މަސް ނަގާކަމަށެވެ. ނަމަވެސް މި މެޝިންގެ އެހީގައި މި ހިދުމަތް މަދު ސާމްޕަލްކޮޅަކުން އަވަސް މުއްދަތެއްގައި ތެރޭގައި ބަލި ޓީބީ ބަލި ހުރިތޯ ދެނެގަނެވޭނެ އެވެ.

ޖީން އެކްސްޕަރޓްގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ސްޓޭޓް މިނިސްޓަރު ވާހަކަދައްކަވަނީ–

މި ހިދުމަތް އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކޭއާރުއެޗްގެ ވެރިންނާއި މުވައްޒަފުން އަދި ހެލްތް މިނިސްޓްރީގެ ބޭފުޅުންނާއި ޑަބުލިއުއެޗްއޯ އާއި ހެލްތް ޕުރޮޓެކްޝަން އެޖެންސީގެ މުވައްޒަފުންގެ އިތުރުން ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ ސަރުކާރުގެ އޮފީސްތަކުގެ ވެރިން ބައިވެރިވެލެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355