twitterviber whatsapp telegramfacebookyoutube instagram
26th April 2024

ސީކުއީން ބޯޓްގެ ދަތުރުތައް ހޯމަ ދުވަހުން ފަށަނީ، ޓިކެެޓެއް 250ރ އާއި 400ރ އަށް !

Mar 9, 2019

ސީކުއީން ބޯޓަށް ދިމާވީ ޓެކްނިކަލް މައްސަލަ ހައްލުކޮށް އަންނަ ހޯމަ ދުވަހު ދަތުރުތައް ރަސްމީކޮށް ފެށުމަށް ނިންމާ އެކަން އިއުލާންކޮށްފި އެވެ.

ޒަމާނީ ފަރުމާއަކަށް ބަނދެގެން ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ފެރީގެ ހިދުމަތް ދިނުމަށް އެންމެ ފަހުން ކުޅުދުއްފުއްޓަށް ގެނައި މި ބޯޓްގެ ފުރަތަމަ ދަތުރު ފަށަން ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހު ހަވީރު މާލެއިން ކުޅުދުއްފުއްޓަށެވެ.

ސީކުއީން ބޯޓްގައި ފަސެންޖަރުންނަށް ދެ ކެޓަގަރީއެއްގައި ދަނީ ޓިކެޓް ވިއްކަމުންނެވެ. އެއީ ގޮނޑިތަކުންނާއި އެނދުންނެވެ. މިއީ ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓެއްގައި ގޮނޑި ޖަހައި ޓިކެޓް ވިއްކާ ފުރަތަމަ ފަހަރެވެ. ގޮނޑިތަކުން 250ރ ޓިކެޓް ވިއްކަމުންދާއިރު އެނދުން ޓިކެޓް ވިއްކަމުންދަނީ 400ރ އަށެވެ.

ސީކުއީން ކޮމްޕެނީ ބުނީ ގޮނޑިތަކަކީވެސް ފެންވަރު ރަނގަޅު ގޮނޑިތަކެއް ކަމަށާއި ކޮންމެ ގޮނޑިއަކުންވެސް ފަސިންޖަރުންގެ ފޯނުވެސް ޗާޖުކޮށްލެވޭނެ ކަމަށެވެ. ގޮނޑިތަކުގައި ދަތުރުކުރެވޭނެ ގޮތް ހަމަޖެއްސީ ހެޔޮއަގުގައި ރައްޔިތުންނަށް ދަތުރުކުރެވޭނެ ގޮތް ހަދައިދިނުމުގެ މަގުސަދުގައި ކަމަށް ސީކުއީން ކުންފުނިން މައުލޫމާތުދެ އެވެ.

މާލެ ދަތުރުކުރާ އެހެން ބޯޓްތަކާ ހިލާފަށް ސީކުއީން ބޯޓް ތެރޭގައި ފަސެންޖަރުންނަށް ހަމަ އިސްކޮޅަށް ހިނގާލެވެ އެވެ. އަދި ބޯޓްގެ އެތެރެވެސް ތަނަވަސްވެފައިވާ ހިތްގައިމުކަމެއް ހުރެ އެވެ.

ސީކުއީން ބޯޓްގެ ޓިކެޓް އޮފީސް “އޯރިންގ” ހުންނާނީ ބަންޑާރަމަގު، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ކުރިމަތީގަ އެވެ. ސީކުއީން ބޯޓްގެ ޓިކެޓް އޮފީހުގެ ނަމްބަރުތަކަކީ 6527878 އަދި 6527979 އެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355