twitterviber whatsapp telegramfacebookyoutube instagram
19th April 2024

ދެކުނު ދާއިރާއަށްވެސް ހޮވަންވީ ރަށު ދަރިއެއް، މާޒީ ހަނދާން ނައްތާލަން ޖެހޭ

Mar 10, 2019

ކުޅުދުއްފުއްޓަށް ލިބެންޖެހޭ ހިދުމަތްތައް ފުރިހަމަ ގޮތުގައި ނުލިބި ދަށު ދަރަޖައަކަށް ވެއްޓިފައިވާ ދެ ދާއިރާގެ މަޖިލިސް ގޮނޑީގައި ރަށުން ބޭރު ބަޔަކު ތިބުމުން ކަމަށާއި ރަށުގެ މުސްތަގުބަލު އުޖާލައިކުރުމަށް ދެ ދާއިރާގެ ގޮނޑިއަށްވެސް ރަށު ދަރިން އިންތިހާބުކޮށްދެއްވުމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޕީޕީއެމް ކެންޑިޑޭޓް އަބުދުއްރަހުމާނު އިސްމާއިލް (މައިޓް އަދުރޭ) ގޮވާލައްވައިފި އެވެ.

ކޭއޯގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ކުޅުދުއްފުއްޓަށް ލިބެން ޖެހޭ ހައްގު މިންވަރު ސަރުކާރާއި މަޖިލިސް ތެރެއިންވެސް ލިބިގެން ގޮސްފައިނުވާ ކަމަށެވެ. އަދި ހޮސްޕިޓަލުގެ ހާލަތާއި ތައުލީމީ އަދި އިޖުތިމާއީ ހާލަތުވެސް ދަށަށްގޮސްފައިވާ ކަމަށެވެ. އެކަން އެހެން ދިމާވީ ރަށުން ބޭރު ބަޔަކު މަޖިލީހުގައި ތިބުމަށް ރައްޔިތުން ފުރުސަތު ދިނުމުން ކަމަށާއި މާޒީ ހަނދާން ނައްތާލައި ކުރިމަގަށް ވިސްނާ ރަށުގެ ދަރިން މަޖިލީހަށް ހޮވައިދިނުމަށް އޭނާ ގޮވާލެއްވި އެވެ.

“ކުޅުދުއްފުށީގެ ދެ ގޮނޑި 40 އަހަރަށްވުރެ ދިގު މުއްދަތަކަށް މާޒީގައި ރަށުން ބޭރުގެ ބަޔަކަށް ދިން. މިއަދު އަޅުގަނޑުމެން ވިސްނަން ވެއްޖޭ މި ދެ ދާއިރާގެ ގޮނޑިއަކީ ކުޅުދުއްފުށީގެ ރައްޔިތުން ތިއްބެން ޖެހޭ ދެ ގޮނޑިކަން. ރައްޔިތުން މަޖިލީހުގެ ފޮނި މީރުކަމެއް އަޅުގަނޑުމެންނާ ހަމައަށް ނުފޯރިއޭ ސަރުކާރު ތެރެއިން ވިޔަސް ޕާޓީތެރެއިންވެސް، އަދި އެއްވެސް ހާލެއްގައި ސިޔާސީ ބާރުވެރިކަމެއް ނައިއޭ.” އެމްއެންޑީއެފްގައި ވަޒީފާ އަދާކޮށްފައިވާ އަބުދުއްރަހުމާން ވިދާޅުވި އެވެ.

ކުޅުދުއްފުށީ ރައްޔިތުންގެ ވިންދާއި ހާލަތު އެންމެ ބޮޑަށް އެނގޭނީ ކުޅުދުއްފުށީ ރައްޔިތުންނަށް، އެކަން އެނގޭނެ ބަޔަކު ރަށުން ބޭރުން ނާންނާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މަޖިލީހަށް މި ނުކުތީ އިހްލާސްތެރިކަމާއި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ރައްޔިތުންނަށް ހިދުމަތް ކުރުމަށްޓަކާ، ރައްޔިތުންގެ ކަންބޮޑުވުންތަކާއި އުދާސްތައް ވާހަކަދައްކައިގެން ސަރުކާރުގެ ތެރެއިންނާއި މަޖިލިސް ތެރެއިން ހައްލުހޯދުމަށް ކަމަށެވެ.

އަބުދުލް ރަޙުމާނު ވިދާޅުވީ އިދިކޮޅު ޕާޓީގެ މެމްބަރަކަށްވިޔަސް ސަރުކާރާ ވާހަކަދައްކައިގެން ހައްލުކުރެވޭނެ ކަންތައްތަކެއް ހުންނާނެ ކަމަށާއި މަޖިލީހަށް މިވަންނަނީ ސަރުކާރާ ޖަދަލުކުރާކަށް ނޫންކަމަށެވެ. ރައްޔިތުންނަށް މަންފާވާނެ ކޮންމެކަމެއްގައި އޭނާގެ ތާއިދު ލިބިގެންދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މާލެ އާއި ކުޅުދުއްފުށީގައި އެކުންފުންޏަކުން ހިދުމަތްދޭ ކުންފުނިތަކުންވެސް އަގުނެގުމުގައި ބޮޑެތި ތަފާތުކުރުންތައް ގެންގުޅޭ ކަމަށާއި އެމައްސަލަތައް ސަރުކާރާއި ކުންފުނިތަކާއި ވާހަކަ ދައްކައިގެން ހައްލުކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

“ކުޅުދުއްފުއްޓާއި މާލޭގައިވެސް ފެނުގެ ހިދުމަތް ފޯރުކޮށްދެނީ އެމްޑަބުލިއުއެސްސީ ވިޔަސް އަގުކުރުމުގައި ވަރަށް ބޮޑެތި ތަފާތުތައް ހުރިކަމަށެވެ. މިއީ އަޅުގަނޑުމެންނަށް ގަބޫލުކުރެވޭކަމެއް ނޫން ކަމަށާއި އެމައްސަލަތަކާއި ވާހަކަ ދައްކާ އެކަމަށް ހައްލު ގެނައުމަށް ސަރުކާރުގެ ތެރެއިންނާ ކުންފުނިތަކުގެ މަސައްކަތް ކުރާނެ”.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355