twitterviber whatsapp telegramfacebookyoutube instagram
26th April 2024

ބޭނުންވަނީ ސަލާން ނުޖަހަ ސްކޫލުތައް ހިންގޭނެ ނިޒާމެއް، ޓީޗަރުންނަށް ހައްގު މުސާރަ ލިބުން: އާދަމް މޫސާ

Mar 10, 2019

އެބޭފުޅާ ދެކެން ބޭނުންވަނީ ސަލާން ނުޖަހަ ސްކޫލުތައް ހިންގޭނެ ފަދަ ނިޒާމެއް ރާއްޖޭގައި ގާއިމުވެގެންދިޔުންކަމަށް އިހަވަންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް އާދަމް މޫސާ ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމުން އިންތިޒާމުކޮށްގެން މިއަދު ފެށި ރައްޔިތުން މަޖިލީހުގެ ބަހުސްގައި ވާހަކަދައްކަވަމުން އާދަމް މޫސާ ވިދާޅުވީ އެބޭފުޅާ ދެކެން ބޭނުންވަނީ ސަލާން ނުޖަހަ ސްކޫލުތައް ހިންގޭނެ ފަދަ ނިޒާމެއް ފާއިމުވެގެން ދިއުން ކަމަށެވެ.

އަދި މުދައްރިސުންނަށް ހައްގުވާ މިންވަރުގެ މުސާރައެއް ލިބޭނެ ދުވަހެއް ފެނިގެންދާތަން ދެކެން ބޭނުންވާ ކަމަށާއި މަޖިލީހުގެ ތެރެއިން އެކަންތައްތައް ކުރުމުގައި ދެމިހުންނާނެކަމުގެ ޔަގީންކަންވެސް އޭނާ ދެއްވި އެވެ.

“އަޅުގަނޑުމެން ދެކެން ބޭނުންވަނީ ސަލާން ނުޖަހަ ސްކޫލުތައް ހިންގޭނެ ފަދަ ނިޒާމެއް ގާއިމުވެގެން ދިއުން. އަޅުގަނޑުމެން ބޭނުންވަނީ މުދައްރިސުންނަށް ހައްގުވާ މިންވަރު މުސާރައިގެ ގޮތުންވެސް ލިބޭނެ ދުވަހެއް ފެނިގެންދިޔުން.” އިހަވަންދޫއަށް ނިސްބަތްވާ އާދަމް މޫސާ ވިދާޅުވި އެވެ.

ތައުލީމީ ދާއިރާގައި ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ އާދަމް މޫސާ ވިދާޅުވީ ތައުލީމީ ދާއިރާގެ ހާލަތު ވަރަށް ބޮޑަށް އިހްސާސްކުރެވޭ ކަމަށާއި ރަށުގެ ތައުލީމީ ހާލަތަށްވެސް މިދިޔަ މާޒީގައި ކުރިއެރުންތަކެއް ލިބިފައިނުވާ ކަމަށެވެ. ތައުލީމީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގައި ހަދަން ޖެހޭ ބިލުތައް ހެދުމަށްޓަކާ މަޖިލީހުގެ ތެރެއިން ނިންމަން ޖެހޭ ނިންމުންތައް ނިންމުމުގެ ޝާމިލްވެވޭނެކަމަށް އާދަމް މޫސާ ވިދާޅުވި އެވެ.

މަޖިލީހުން މެމްބަރުން ކުރަން ޖެހޭ ކަމަކީ ގާނޫނުތައް ހެދުމާއި މިނިވަން ކޮމިޝަނުތައް ހިނގައި ނުހިނގައި ގޮތް ބެލުމާއި ފާރުލުމާއި ސަރުކާރުގެ އަމަލުތަކަށް ފާރުވެރިވުމާއި ބަޖެޓް ފާސްކުރުންކަމަށެވެ.

ޕާޓީ ބަދަލުކުރާ މީހަކަށް އޭނާ ނުވާނެކަމަށާއި ދުވަހަކުވެސް ރިޝްވަތު ދީ ރިސްވަތުގައި ހިފާފައިވެސް ނުވާނެ ކަމަށެވެ. އަދި ރިޝްވަތުގައި ނުހިފާނެކަމުގެ ޔަގީންކަންވެސް އާދަމް ދެއްވި އެވެ. އޭނާ ވިދާޅުވީ ސަރުކާރާ ގުޅިގެން ސަރުކާރުގެ ވައުދުތައް ފުއްދުމުގައި މަޖިލީހުގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355