twitterviber whatsapp telegramfacebookyoutube instagram
1st June 2025

ކުޅުދުއްފުށީ ކައުންސިލުން އެއްގަމު އުޅަނދުފަހަރުގެ ދަފްތަރެއް ގާއިމްކޮށްފި

Mar 11, 2019

ކުޅުދުއްފުށީ ކައުންސިލުން އެއްގަމު އުޅަނދުފަހަރުގެ ދަފްތަރެއް ގާއިމްކޮށްފި އިންޖީނުލީ އެއްގަމު އުޅަނދުތައް ތަފްތަރުގައި ހިމެނުމަށް އަންގައިފި އެވެ.

އެކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ގާނޫނު ނަންބަރު 2009/05 އެއްގަމު ދަތުރުފަތުރުގެ ގާނޫނު ގެ 12 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެ އިދާރާގައި ގާއިމްކޮށްފައިވާ އެއްގަމުގައި ދުއްވާ އުޅަނދުފަހަރުގެ ދަފްތަރުގައި މިހާރު ކުޅުދުއްފުށީގައި ދުއްވަމުން ގެންދާ އެންމެހާ އިންޖީނުލީ އެއްގަމު އުޅަނދުތައް 30 އޭޕްރިލް ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ހިމެނުމަށެވެ.

މުއްދަތު ހަމަވުމަށް ފަހު ދަފްތަރުގައި ނުހިމަނާ އުޅަނދުފަހަރުތަކަށް އެ އުޅަނދުފަހަރުގެ އެކި ކަންކަމަށް އެދި ކައުންސިލަށް ހުށައަޅަންޖެހޭ ލިޔުންތައް އެ އިދާރާއިން ދޫނުކުރާނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން އަލަށް އެތެރެކުރާ އުޅަނދުފަހަރު އެ އުޅަނދެއް ކުޅުދުއްފުއްޓަށް އެތެރެކުރާތާ 7 ދުވަހުގެ ތެރޭގައި ދަފްތަރުގައި ހިމެނުމަށްވެސް އިއުލާނުގައި ބުނެފައިވެއެެެވެ.

އުޅަނދުފަހަރު ދަފްތަރުގައި ހިމެނުމަށް ދޫކުރާ ފޯމް އެ އިދާރާގެ ކައުންޓަރުން މިހާރު ދަނީ ދޫކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355