twitterviber whatsapp telegramfacebookyoutube instagram
19th May 2024

އެޖެންޑާ 19 އިން ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ގާއިމުކުރާނަން: ފިއްޓޭ

Mar 11, 2019

ކައުންސިލްތައް ބާރުވެރިކުރުވަން ލާމަރުކަޒީ ގާނޫނަށް ބަދަލުތަކެއް ގެނެސް ފުރިހަމަ ލާމަރުކަޒީ ނިޒާމެއް އެޖެންޑާ 19 ގެ ތެރެއިން ގާއިމުކުރާނެކަމަށް ވައިކަރަދޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް ހުސެއިން ޒިޔާދު (ފިއްޓެ) ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖްލީހުގެ އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށް ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ކުރިއަށްގެންދާ މަޖްލިސް ބަހުސްގައި ވާހަކަދައްކަވަމުން ޒިޔާދު ވިދާޅުވީ އެޖެންޑާ 19 ގެ ދަށުން ކައުންސިލްތަކަށް ފުރިހަމަ ބާރުވެރިކަން ގެނެސްދޭނެ ކަމަށާއި އެގޮތުން މާލީ ބާރުވެރިކަން ކައުންސިލްތަކަށް ހޯދައިދީ ރައްޔިތުންނަށް ހައްގުވާ މިންވަރު ހޯދައިދޭނެ ކަމަށެވެ.

ލާ މަރުކަޒީ ގާނޫނާ ގުޅިގެން ހުންނަ ގާނޫނޫތަކުން އެ ގާނޫނާ ތަޢާރުޒުވާ ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށާއި އެ ގާނޫނުތައް އެޖެންޑާ 19 ގެ ތެރެއިން ބަދަލުކުރާނެ ކަމަށް ޒިޔާދު ވިދާޅުވި އެވެ.

މިސާލެއްގެ ގޮތުގައި ޒިޔާދު ފާހަގަކުރެއްވީ ބިމާ ބެހޭ ގާނޫނުނެވެ. ލާމަރުކަޒީ ގާނޫނު ކައުންސިލްތަކަށް ބިމާ ބެހޭ ބާރުތަކެއް ލިބިދީފައިވިޔަސް ބިމާ ބެހޭ ގާނޫނުގައި ހުރި ހުރަސްތަކުގެ ސަބަބުން ކައުންސިލްތަކަށް ނުކުރެވި އެތަކެއް ކަމެއް  އެބަހުރި އެބަހުރި ކަމަށެވެ.

“އަޅުގަނޑުމެންނަށް މިފެންނަނީ ހުރިހާ ކައުންސިލްތަކެއް މާލެ އައިސް އެކަމެއް ނުވެގެން މިކަމެއް ނުވެގެން އުޅޭތަން. ގާނޫނު އެބައޮތް، އެމީހުންގެ އެހެން ގާނޫނަކުން އެޅޭ ހުރަސް މި ދެންނެވި ކަހަލަ ގާނޫނުތައް އިސްލާހްކުރަން އެޖެންޑާ 19 ގެ ދަށުން އެހީތެރިވެދޭނަން.” ވައިކަރަދޫއަށް ނިސްބަތްވާ ޒިޔާދު ވިދާޅުވި އެވެ.

ޒިޔާދު ވިދާޅުވީ ރައްޔިތު މީހާގެ މާލީ ތަނަވަސްކަމާއި ދުޅަހެޔޮ އާއިލާ ބިނާކުރުމަށް އެޖެންޑާ 19 އެހީތެރިވެ ދޭނެ ކަމަށާއި ދާއިރާގައި ހުރި ހުރިހާ މައްސަލަތަކެއް އެނގޭ ކަމަށެވެ. އަދި އެކަންކަމަށް ހައްލު ހޯދުން އެޖެންޑާ 19 ގައި ހުރިކަމަށް އޭނާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355