twitterviber whatsapp telegramfacebookyoutube instagram
25th April 2024

ފާއިތުވި 10 އަހަރު މަޖިލީހުގައި ރަށުގެ އަޑު އިއްވިފައެއް ނުވޭ: ރަމީޒު

Mar 12, 2019

ފާއިތުވެގެން ދިޔަ ދިހަ އަހަރުތެރޭގައި ކުޅުދުއްފުށީގެ އަޑު މަޖިލީހުގައި އިއްވިފައިނުވާކަމަށާއި އެހެންވުމުގެ ސަބަބުން ރަށަށް ލިބެން ޖެހޭ ފުރުސަތުތައް ނުލިބިވާކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ކުރީ ރައީސް އަދި އަމިއްލަގޮތުން ކުޅުދުއްފުށީ ދެކުނު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް އިބުރާހިމް ރަމީޒު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމް މަޖިލިސް ބަހުސްގައި ވާހަކަ ދައްކަވަމުން ރަމީޒު ވިދާޅުވީ ކުޅުދުއްފުށީގެ އަޑު އެންމެ އެކަށީގެންވާ ގޮތުގައި މަޖިލީހުގައި އިއްވިފައިނުވާ ކަމަށާއި އެކަމުގެ ސަބަބުން ކުޅުދުއްފުއްޓަށް ގިނަ ފުރުސަތުތަކެއް ގެއްލިގެން ދިޔަ ކަމަށެވެ. މަޖިލީހުގައި އަޑުއިއްވިފައިނުވާތީ ސަރުކާރުތަކަށް ރަށް އޮތީ ގެއްލިފަކަމަށް އޭނާ ވިދާޅުވި އެވެ.

“އޭގެ ސަބަބުން އަޅުގަނޑުމެންނަށް ހުރި އެތަކެއް ފުރުސަތުތަކެއް ގެއްލިގެން ހިނގައްޖޭ. ހަގީގަތުގައި ވޭތުވެ ދިޔަ ދިހަ އަހަރު ކުޅުދުއްފުށީ އޮތީ ސަރުކާރަށް ގެއްލިފަ.” ރަމީޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 2008 ވަނަ އަހަރުވެސް ނުކުރީ ވެރިކަމުގެ ނިޒާމު ބަދަލުކޮށް ރައްޔިތުން ބާރުވެރިކުރުވާ ނިޒާމެއް ގާއިމުކުރުމަށް ކަމަށެވެ. އަދި އެ ނިޒާމުގެ ތެރެއިން މިދިޔަ އަހަރުތަކުގެ ތެރެއިން ރައީސްކަން ކުރެއްވި ތިން ބޭފުޅަކު ބަދަލުކުރެވުނު ކަމަށާއި އެހެންނަމަވެސް ކުޅުދުއްފުއްޓަށް ލިބެން ޖެހޭ ސިޔާސީ ބާރުވެރިކަން އޮތީ ނުލިބި ކަމަށެވެ.

އެކަން ނުވެއޮތީ ރަށަށް ބޭނުންވާ ސިޔާސީ ބާރުވެރިކަން މަޖިލީހުގައި ނެތުމުން ކަމަށް ވިދާޅުވެ ރަމީޒު ވިދާޅުވީ ނިކުމެ މިހުރީ ސިޔާސީ ބާރުވެރިކަން ރަށަށް މަޖިލީހުގެ ތެރެއިން ހޯދައިދިނުމަށް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355