twitterviber whatsapp telegramfacebookyoutube instagram
17th October 2025

މިއަންނަ އާދީއްތަ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފި

Apr 26, 2011

މިއަންނަ އާދީއްތަ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.

މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ މެއި އެއްވަނަ ދުވަސް ކަމުގައި ވާ އަންނަ އާދީއްތަ ދުވަސް ބަންދު ކުރިއިރު، ކޮންމެ އަހަރެއްގެވެސް މެއި މަހުގެ ފުރަތަމަ ދުވަސް ބަންދު ކުރުމަށް ވަނީ ހަމަޖައްސަވައިފައެވެ.

ރައީސް އޮފީހާ ހަވާލާދީ ދުވަހު ނޫސް ހަވީރުގައި ޝާއިއުކޮށްފައިވާ ހަބަރުގައި ވަނީ “މިގޮތަށް ހަމަޖެއްސީ ރާއްޖޭގައިވެސް މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމަށް ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތެއް ދޭތީއާއި މަސައްކަތްތެރިންގެ ހައްގުތައް ހައްގުތައް ހިމާޔަތްކުރުމަށް ރާއްޖޭގެ އެކިފަރާތްތަކުން މަސައްކަތްތައް ކުރަމުން ގެންދާތީ އެކަމާއި ގުޅޭގޮތުން މިއަދު ވަޒީރުންގެ މަޖިލީހުގައި ވާހަކަ ދެއްކުމަށްފަހު ރައީސަށް އެރުވި ލަފާއާއި ގުޅިގެން” ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355