twitterviber whatsapp telegramfacebookyoutube instagram
25th April 2024

އެމްބީއޭ 3 އޮން 3 އޯޕަން މެންސްގެ ޗެމްޕިއަންކަން ކޭއޯ ޓްރެވަލްސްއިން ހޯދައިފި

Mar 14, 2019

މޯލްޑިވްސް ބާސްކެޓް ބޯލް އެސޯސިއޭޝަނުން ކުޅުދުއްފުށީގައި ބޭއްވި 3 އޮން 3 ޓޯންމަންޓްގެ އޯޕަން ފިރިހެން ކެޓަގަރީ ކޭއޯ ޓްރެވަލްސް ޓީމް ކާމިޔާބުކޮށްފި އެވެ.

ޖުމްލަ ހަ ކެޓަގަރީ އަކަށް ކުރިއަށް ގެންދިޔަ މި ޓޯނަމަންޓްގެ އޯޕަން މެންސް ކޭއޯ ޓްރެވަލްސް އިން ޗެމްޕިއަން ކަން ހޯދާފައިވަނީ ފައިނަލްގައި ރޯޔަލް ބީސީ އާއީ ބައްދަލުކޮށް 21 ޕޮއިންޓް 11 ޕޮއިންޓުންނެވެ. ކޭއޯ ޓްރަވެލްސް ޓީމުގައި އެންމެ ކުޅުންތެރިއެއް ފިޔަވާ ހުރިހާ ކުޅުންތެރިންނަކީ ކުޅުދުއްފުއްޓަށް ނިސްބަތްވާ ޓީމެކެވެ. ރޯޔަލް ބީސީއަކީ މާލެއާއި ރަށުން ބޭރު ކުޅުންތެރިންގެ ޓީމެކެވެ.

އޯޕަން ވުމެންސް ކެޓަގަރީން ޓީމްފައިވް އާއި ބައްދަލްކޮށް ކޭ.ވައި.އާރ.ސީ 10 ޕޮއިންޓް 14 ޕޮއިންޓުން ކެޓަގަރީ ކާމިޔާބުކޮށްފައިވާއިރު 13 އަހަރުން ދަށުގެ ފިރިހެން ކެޓަގަރީ ކާމިޔާބު ކޮށްފައިވަނީ ޕުލެޓިނިއަމް އާއި އާރޗާރ ބައްދަލުކޮށް 12 ޝޫޓް 3 ޝޫޓްނެވެ.15 އަހަރުން ދަށުގެ ފިރިހެން ކެޓަގަރީ ޒިންކް އާއީ ޗީތާރ ބައްދަލުކޮށް 3 ޕޮއިންޓް 1 ޕޮއިންޓުން މެޗް ކާމިއާބު ކޮށްފައިވަނީ މެޗް ކާމިއާބުކޮށްފައިވަނީ ޒިންކް އެވެ.

13 އަހަރުން ދަށުގެ އަންހެންބައިން އިއާ ގާރލްސް ކާމިޔާބުކޮށްފައިވަނީ ޑެއިޒީ އާއި ބައްދަލުކޮށް 17 ޕޮއިންޓް 1 ޕޮއިންޓުންޒިންކް ކާމިއާބު ކޮށްފައިވާއިރު 15 އަހަރުން ދަށުގެ އަންހެން ކެޓަގަރީ ކާމިއާބުކޮށްފައިވަނީ ހޮޓް ޝޮޓް އެ، ހޮޓް ޝޮޓް މި ކެޓަގަރީ ކާމިޔާބު ކޮށްފައިވަނީ އޯކިޑް އާއި ބައްދަލްކޮށް 21 ޕޮއިންޓް 0 ޕޮއިންޓުންނެވެ.

6 ކެޓަގަރީން ވެސް ރަނަރަޕް އަދި ޗެމްޕިއަން ޓީމް އަށް ވަނީ ޓްރޮފީއާއި މެޑެލް ހަވާލުކޮށްފައެވެ.

ޑަބްލިއު ސްޕޯޓްސް އެކަޑަމީ އާއި ގުޅިގެން މި މަހު 10 – 13 އަށް ކުޅުދުއްފުށީގައި ބޭއްވި މި މުބާރާތުގައި ވަނީ ކުޅުދުއްފުށިންނާއި މާލެއިން ޖުމްލަ 55 ޓީމް އަކުން ބައިވެރި ވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355