twitterviber whatsapp telegramfacebookyoutube instagram
19th April 2024

އެސްޓީއޯއިން ތެލުގެ އަގު ބޮޑުކޮށްފި

Mar 16, 2019

ދުނިޔޭގެ ބާޒާރުގައި ފާއިތުވި ހަތަރު މަހު ބޮޑުނުވާ މިންވަރަށް ތެލުގެ އަގު މައްޗަށް ދިޔުމާއި ގުޅިގެން އެސްޓީއޯއިން ވިއްކާ ތެލުގެ އަގަށް ބަދަލު ގެނެސްފި އެވެ.

ދިވެހި ރާއްޖެ އަށް އެތެރެ ކުރަނީ ސާފުކޮށްފައި ހުންނަ ތެލުގެ ބާވަތްތަކެވެ. ސާފު ކޮށްފައި ހުންނަ ތެޔޮ ބާޒާރުގައި ލިބެން ހުންނަނީ ސާފުނު ނުކުރާ ތެލަށްވުރެ އަގު ބޮޑުކޮންނެވެ. އެހެންނަމަވެސް ބެންޗްމާރކް ތަކުގެ އަގަށް އަންނަ ބަދަލުތަކާއި އެއް މިންވަރަކަށް ސާފުކޮށްފައި ހުންނަ ތެލުގެ ބާވަތްތަކަށްވެސް ބަދަލު އާދެއެވެ.

މިސަބަބު ތަކަށްޓަކައި އެސްޓީއޯއިން ވަނީ ރާއްޖޭގައި ތެޔޮ ވިއްކާ އަގު ބޮޑުކުރަން ނިންމާފައެވެ. މިގޮތުން އިއްޔެއިން ފެށިގެން ޑީސަލް ލީޓަރަކުން 72 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 60 ލާރި ބޮޑު ވާނެއެވެ. އެހެން ކަމުން، މިއަދުން ފިއުލް ސްޓޭޝަން ތަކުން ތެޔޮ ލިބެން ހުންނާނީ ޑިސަލް ލީޓަރެއް 11.61 ރުފިޔާ އަދި ޕެޓްރޯލް ލީޓަރެއް 10.79 ރުފިޔާ އަށެވެ.

2019 ވަނަ އަހަރު ޖަނަވަރީ މަހުގައި އެސްޓީއޯއިން ވަނީ ޑީސަލް ލީޓަރަކުން 2 ރުފިޔާ އަދި ޕެޓްރޯލް ލީޓަރަކުން 1 ރުފިޔާ އަގު ހެޔޮ ކޮށްފައެވެ. އެއަށް ފަހު ތެލުގެ އަގުތަކަށް ބަދަލު ގެނެސްފައިވަނީ ފެބްރުއަރީ ގައެވެ. އެފަހަރު ބަދަލު ގެނެސްފައިވަނީ ހަމައެކަނި ޑީސަލް އަށެވެ.

ސާފުނުކުރާ ތެލުގެ އަގު ވަނީ މިއަހަރު ކުރީކޮޅުން ފެށިގެން ގާތްގަނޑަކަށް 30 އިންސައްތަ ބޮޑުވެފައެވެ. މި އަހަރު ތެޔޮ އުފައްފާ ގައުމުތަކުގެ އިއްތިހާދު އޯޕެކް އާއި އަދި ރަޝިއާ އިން ވަނީ ތެލުގެ ސާރޕްލަސް ދަށް ކުރުމުގެ ގޮތުން ދުނިޔޭގެ ބާޒާރަށް ތެޔޮ ސަޕްލައި ކުރާނެ މިންވަރު ލިމިޓް ކުރުމަށް ނިންމާފައެވެ.

މިކަމާއި ގުޅިގެން އެސްޓީއޯއިން މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި ތެލުން ބޮޑު ފައިދާ ނެގުމަކީ އެސްޓީއޯގެ އަމާޒެއް ނޫނެވެ. އަދި އެސްޓީއޯއިން ތެލުގެ އަގު ބޮޑޮ ކުރަން ނިންމަނީ ގަންނަން ލިބޭ އަގު ބޮޑުވެ، ދިގުދެމިގެން ދާ ހާލަތްތަކުގައެވެ. އަދި އަގު ހެޔޮ ވެއްޖެނަމަ ވީ އެންމެ އަވަހަކަށް އަގަށް ހެޔޮ ބަދަލު ގެނައުމަކީ އެސްޓީއޯއިން އަބަދުވެސް އިސްކަންދޭ ކަމެކެވެ.

މީގެ ކުރިން ބްލޫމްބާރގް އިން ވަނީ އެމެރިކާގެ ސާފުނުކުރާ އަދި ސާފުކޮށްފައި ހުރި ތެލުގެ ސްޓޮކް އިތުރުވާނެ ކަމަށް ލަފާކޮށްފައެވެ. އެހެން ނަމަވެސް އެމެރިކާގެ އެނާރޖީ އިންފޯރމޭޝަން އެޑްމިނިސްޓްރޭޝަން އިން ނެރޭ ހަފްތާ ރިޕޯރޓްގައި ވާ ގޮތުން އެމެރިކާގެ ސްޓޮކް ވަނީ 3.86 މިލިއަން ފިފާ ދަށަށް ގޮސްފައެވެ. މީގެ އިތުރުން އެމެރިކާއިން އަދިވެސް އީރާން އާއި ވެނެޒުއާލާއަށް ދަތިކުރުމުގެ ފިޔަވާޅުތައް ކުރިއަށް ގެންދެއެވެ.

އެމެރިކާއިން ބޭނުންވަނީ އީރާންގެ އެކްސްޕޯރޓް މެއި މަހުން ފެށިގެން ދުވާލަކު އެއް މިލިއަން ފިފާއަށް ދަށްކުރުމަށެވެ. ވެނެޒުއޭލާގައި ހިނގަމުންދާ ސިޔާސީ ހަލަބޮލި ކަމުގެ ސަބަބުން ތެޔޮ އުފެއްދުމާއި ބޭރު ކުރުން ވަނީ ހުއްޓުމަކަށް އައިސްފައެވެ. އަދި އެމެރިކާއިން ވަނީ އެގައުމުގެ ކުންފުނިތަކަށް ވެނެޒުއޭލާއާއި ވިޔަފާރި ކުރުން މަނާ ކޮށްފައެވެ.

ދުނިޔޭގެ އެހެން ހިސާބުތަކަށް ބަލާއިރު އިނގިރޭސިވިލާތް އީޔޫ އިން ވަކިވާ ތާރީހް ލަސް ވާނެ ކަމަށް ލަފާކުރެވޭތީވެ ދުނިޔޭގެ ވިޔަފާރި އަދި އިގްތިސާދަށް މިވަގުތު އައިސްދާނެ ބަދަލުތައް ކުޑަވާނެ ކަމަށް ލަފާ ކުރެވެއެވެ.

މިކަންކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި އުފެދިފައިވާ ސަޕްލައި ސަރޕްލަސް މަދުވެގެން ދާނެކަމަށް ތެލުގެ ވިޔަފާރި ދިރާސާ ކުރާ ފަރާތްތަކުން ލަފާކުރެއެވެ. މިގޮތަށް ބާޒާރުގައި ވިސްނުން ހުރުމުން ތެލުގެ އަގު ބުދަ ދުވަހު ވަނީ 2018 ނޮވެމްބަރ ގައި ހުރި އަގުތަކަށްވުރެ މައްޗަށް ޖެހިފައެވެ. މިގޮތުން ބަލާލާއިރު ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގުގެ ބެންޗްމާރކް ގޮތުގައި ބެލެވޭ ވެސްޓް ޓެކްސަސް އިންޓަރމީޑިއޭޓް (ޑަބްލިއު.ޓީ.އައި) އަދި ބްރެންޓް ވިކިފައި ހުރީ އަގު ބޮޑުކޮށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355