twitterviber whatsapp telegramfacebookyoutube instagram
1st August 2025

ވަނި އިމާރާތް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލައިފި

Mar 17, 2019

ކުޅުދުއްފުށީ ކައުންސިލްގެ އިމާރާތެއް ކަމަށްވާ ” ވަނި ” އިމާރާތް 10 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާތީ އެ އިމާރާތް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިކަމަށް އެދި ބީލަމަށް ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މިއަދުން ފެށިގެން މި މަހުގެ 28 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ކުޅުދުއްފުށީ ކައުންސިލް އިދާރާގައި ނަންނޯޓް ކުރައްވާ ރަޖިސްޓްރީ ކުރުމަށް އެއިދާރާއިން އެދެެއެވެ. އަދި މި ބީލަމުގައި ރަޖިސްޓްރީ ކުރުމުގެ ފީ އަކީ -/500 ރުފިޔާ ކަމުގައިވެސް އެއިދާރާއިން ވަނީ ހާމަކޮށްފައެވެ.

ކައުންސިލުން ހާމަކުރާ ގޮތުގައި ބީލަމާބެހޭ ގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ އެޕްރީލް 1 ވަނަ ދުވަހުގެ 13:00 ގައި އެ އިދާރާގެ ޖަލްސާކުރާ މާލަމުގައި ކަމަށާއި ބީލަން ހުށައެޅުން އޮންނާނީ އެޕްރީލް 7 ވަނަ ދުވަހުގެ 13:00 ގައި ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި ކަމަށެވެ.

އަދި މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީ ކުރުމަށް ހުޅުވާލި މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތް ތަކަށް ކަމަ އެ ކައުންސިލުން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355