twitterviber whatsapp telegramfacebookyoutube instagram
20th April 2024

ހިޖުރަކޮށްފައިވާ މީހުން އަނބުރާ ވަޒަނަށް ދެވޭނެ ގޮތެއް ހޯދަންޖެހޭ: ސަޤީފް

Mar 17, 2019

ތިލަދުންމަތި ރައްޔިތުންގެ ވަޒަނަކީ ތިލަދުންމަތީ ކަމަށާއި އެކި ސަބަބުތަކާއި ހެދި ތިލަދުންމަތިން ހިޖުރަކޮށްފައިވާ މީހުން އަނބުރާ ވަޒަނަށް ދެވޭނެ ގޮތެއް ހޯދަންޖެހޭކަމަށް ވައިކަރަދޫ ދާއިރާއަށް ވާދަކުރައްވާ ހުސައިން ސަޤީފް ވިދާޅުވެއްޖެއެވެ.

ދާއިރާގެ ކަނބަލުންނަށް ބޭއްވި ސައިފޮދެއް ނިންމަވާލެއްވުމަށް ފަހު ސަޤީފް ވިދާޅުވީ އަސާސީ ޚިދުމަތްތައް ހޯދުމާއި އެހެންވެސް ކަންކަމު މާލެ ހިޖުރަކޮށްފައިވާ ތިލަދުންމަތީގެ ރައްޔިތުން ދިރިއުޅެމުން ގެންދަނީ އުފާވެރި ދިރިއުޅުމެއް ނޫން ކަމަށާއި އެރައްޔިތުންނަށް އުފާވެރިކަން އޮތީ އެރައްޔިތުންގެ އަމިއްލަ ވަޒަނަށް އަނބުރާ ދެވިގެން ކަމަށެވެ.

ސަޤީފް ވިދާޅުވީ އަސާސީ ޚިދުމަތްތައް ހޯދުމަށް ރައްޔިތުން އެމީހުންގެ އަމިއްލަ ވަޒަން ދޫކޮށް ދާންޖެހޭ ފަދަ ގޮތަކަށް ސިޔާސަތުތައް ބައްޓަންވެފައި ހުރުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫންކަމަށާއި ރައްޔިތުންނަށް ފަހި ލާމަރުކަޒީ ނިޒާމެއް ޤާއިމްކޮށް އެރައްޔިތުން އަނބުރާ ވަޒަނަށްދެވޭނެ ފަދަ ގޮތަކަށް ސިޔާސަތުތައް ބައްޓަންކުރަން ޖެހޭ ކަމަށެވެ.

ސަޤީފް އިތުރަށް ފާހަގަކުރެއްވި ގޮތުގައި މާލޭގައި ދިރިއުޅެމުންދާ ތިލަދުންމަތީގެ ރައްޔިތުންނަށް ދިމާވެފައިވާ ކަންކަން މިހާރުން މިހާރަށްވެސް ހައްލު ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.

ރައްޔިތުން މަޖްލީހުގެ އިންތިހާބުގައި ޘަޤީފް ވާދަކުރަނީ އަދާލަތު ޕާޓީގެ ޓިކެޓުގައެވެ. އިއްޔެ ހަވީރުގެ ސައިފޮދުގައި ވައިކަރަދޫ ދާއިރާގެ ތިން ރަށުގެ ގިނަ އަދަދެއްގެ  ކަނބަލުންވަނީ ބައިވެރިވެފައެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355